ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 18:53
އެމެރިކާގައި މިހާތަނަށް 18 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ- އެމެރިކާއަކީ މުޅި ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމު
އެމެރިކާގައި މިހާތަނަށް 18 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ- އެމެރިކާއަކީ މުޅި ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމު
ރޮއިޓަރސް
ކޮވިޑް-19 އެމެރިކާގެ ރިލީފް ޕެކޭޖް
އެމެރިކާގައި ކޮވިޑަށް ޕޮޒިޓިވްވުމުން މުސާރައާއެކު ސަލާމުގެ ޗުއްޓީ ލިބޭގޮތަށް އޮތް އޮތުން ބަދަލުކޮށްފި
 
319،000ށް ވުރެ ގިނަ މީހުން މި ވައިރަސް ޖެހިގެން މަރުވެފައިވޭ
 
އެމެރިކާއިން މިހާތަނަށް 18 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވޭ
 
ބައެއް ވިޔަފާރިތަކާއި އޮފީސްތައް އިސްތިސްނާވެސް ކޮށްފައިވޭ

ކޮވިޑަށް ޕޮޒިޓިވްވުމުން މުސާރައާއެކު ސަލާމުގެ ޗުއްޓީ ލިބޭގޮތަށް އެމެރިކާގައި އޮތް އޮތުން ބަދަލުކޮށްފިއެވެ.

މިއަހަރުގެ މާރޗު މަހުގެ ކުރީކޮޅު އެމެރިކާއިން ކޮވިޑުގެ ކޭސްތައް ފެނުމާއެކު، އޭރު އެމެރިކާގެ ކޮންގްރެސް އިން ވަނީ މުވައްޒަފުންނަށް މުސާރައާއެކު ދެ ހަފްތާގެ ލީވްއެއް ލިބޭނެ ކަމަށް ނިންމާފައެވެ. ހަމައެއާއެކު، އާއިލާ މީހަކު ކަރަންޓީނުގައި ހުރިނަމަ އެހީތެރިއަކަށް ހުންނަ މުވައްޒަފަށްވެސް 2 ހަފްތާގެ ލީވް ދިނުމަށް އެ ނިންމުމުގައި ހިމަނާފައިވާއިރު، ކުޑަ ކުއްޖަކު ބަލަން ޖެހޭނަމަ 10 ހަފްތާގެ ލީވް ލިބޭ ގޮތަށް އޭރު ނިންމާފައިވެއެވެ. އެހެންނަމަވެސް، މި ނިންމުމުން ބައެއް ވިޔަފާރިތަކާއި އޮފީސްތައް އިސްތިސްނާވެސް ކޮށްފައިވެއެވެ.

އެހެން ނަމަވެސް، މިހާރު މި ނިންމުމަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ކޮވިޑަށް ޕޮޒިޓިވްވުމާއި، އާއިލާ މީހެއްގެ އެހީތެރިއެއްގެ ގޮތުގައި ހުރުމުގެ އިތުރުން، ކުޑަ ކުއްޖަކު ބަލަން ޖެހުނު ނަމަވެސް، މުސާރައާއެކު ލީވްގެ ދުވަސްތައް ހިނގާ ގޮތަށް އޮތް އޮތުން މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ރިލީފް ޕެކޭޖުގައެއް ނުހިމެނެއެވެ.

މި ނިންމުން ނިންމާފައިވީނަމަވެސް، މުވައްޒަފުންނަށް ލުއި ދިނުމުގެ ގޮތުން ކުރިން އޮތް އުސޫލުތަކަށް އިދާރާތަކުން އަމަލު ކުރަން ބޭނުންނަމަ، އެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ރިޕޯޓުތައް ބުނާގޮތުން، މިގޮތަށް ލީވް ދިނުމުގެ ސަބަބުން ކޮވިޑް ފެތުރޭ ނިސްބަތް މަދު ކުރުމަށްވެސް ކޮންމެސް ވަރަކަށް މަގުފަހިވެއެވެ. ނަމަވެސް އެކަމަށްޓަކައި ސަރުކާރުންވެސް ކުރަންޖެހޭ ޚަރަދު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމެރިކާއިން މިހާތަނަށް 18 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 319،000ށް ވުރެ ގިނަ މީހުން މި ވައިރަސް ޖެހިގެން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
25%
75%
0%
0%
0%
ކޮމެންޓް