ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 07:02
ޗިލީގެ ރައީސް ސަބަސްޓައިން ޕިނޭރާ، ކޮވިޑްގެ އުސޫލުތަކާއި ހިލާފުވުމުން ވަނީ ޖޫރިމަނާ ކޮށްފައި
ޗިލީގެ ރައީސް ސަބަސްޓައިން ޕިނޭރާ، ކޮވިޑްގެ އުސޫލުތަކާއި ހިލާފުވުމުން ވަނީ ޖޫރިމަނާ ކޮށްފައި
ރޮއިޓަރސް
ޗިލީގެ ރައީސް ޖޫރިމަނާ ކުރުން
ކޮވިޑްގެ އުސޫލާއި ހިލާފުވުމުން ޗިލީގެ ރައީސް 3500 ޑޮލަރުން ޖޫރިމަނާ ކޮށްފި
 
ޕިނޭރާ ޖޫރިމަނާ ކޮށްފައިވަނީ މާސްކު ތުރުނުކުރައްވާ ގޮޑުދޮށުގައި ހުރެ އާންމުންނާއިއެކު ޝެލްފީ ނެންގެވުމުން

ކޮވިޑް-19 އާއި ގުޅިގެން ޗިލީއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފުވުމުން އެގައުމުގެ ރައީސް ސަބަސްޓައިން ޕިނޭރާ 3500 ޑޮލަރުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ޗިލީގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ޗިލީގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ އެގައުމުގެ ރައީސް ޕިނޭރާ ޖޫރިމަނާ ކުރައްވާާފައި ވަނީ ގޮޑުދޮށުގައި މާސްކު ނާޅުއްވާ، ހުރެ އާންމުންނާއިއެކު ޝެލްފީ ނެންގެވުމުން ކަމަށެވެ.

ކޮވިޑްގެ އުސޫލުތަކާއި ހިލާފުވެ ޖޫރިމަނާ ކުރެއްވުމުން އެގައުމުގެ ރައީސް ޕިނޭރާ ވަނީ އެކަމަށް އާންމުގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ ކަން ހިނގައިދިޔަގޮތް ވިދާޅުވެދެއްވާފައެވެ.

ޕިނޭރާ ވިދާޅުވީ އެމަނިކުފާނަކީ އާންމުކޮށް ގޮނޑުދޮށުގައި ހިނގެވުމަށް ޝައުގުވެރިވާ ފަރާތެއް ކަމަށާއި، އެގޮތައް ގޮސްއުޅުއްވުމުގެ ތެރޭގައި ގޮނޑުދޮށުގައި ހުރި އާންމުންގެ މީހަކަށް އެއީ އެމަނިކުފާނުކަން އެނގިލެއްވުމުން ފޮޓޯއެއް ނެގުމަށް އެހިކަމަށެވެ. އަދި އެވަގުތު އެ އާންމު މީހާއިއެކު ފޮޓޯ ނެންގެވި ކަމަށާއި، އެކަމަކު އެވަގުތު މާސްކު ނާޅާ ހުރިކަން ހަނދުމަނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޗިލީއިން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި، ޖަލު ހުކުމް އަންނާނެހެން އެގައުމުން ވަނީ އޫސުލެއް ކަނޑައަޅާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް