ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 07:11
ޓައިވާނުގެ މިލިޓަރީ ސަބްމެރިންއެއް، އެގައުމުން އަންނަނީ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން
ޓައިވާނުގެ މިލިޓަރީ ސަބްމެރިންއެއް، އެގައުމުން އަންނަނީ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން
ރޮއިޓަރސް
ޓައިވާނުގެ އަސްކަރިއްޔާ ވަރުގަދަ ކުރުން
ޓައިވާން އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން އިތުރު މިލިޓަރީ ސަބްމެރިންތަކެއް ހަދަނީ
 
މި ސަބްމެރިންތަކުން ޓައިވާނުގެ ކަނޑުގެ ސަރަހައްދުގައި އެހެން ގައުމެއްގެ އަސްކަރީ މަނަވަރެއް ހަރަކާތްތެރިވާ ނަމަ އިނގޭނެ
 
ސަބްމެރިންތައް ހަދަމުން ދަނީ އެހެން ގައުމުތައް ބިރުގަންނާނެ ވަރުގެ އަސްކަރިއްޔާއަކަށް ހެދުމަށް

ޓައިވާންގެ އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން މިލިޓަރީ ސަބްމެރިންތަކެއް ހަދަމުން އަންނަ ކަމަށް އެގައުމުގެ ރައީސް ސައިންގ ވެން ވިދާޅުވެއްޖެއެވެ.

ޓައިވާނުގެ އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން އަސްކަރީ ސަބްމެރިންތަކެއް ހަދަމުން އަންނަކަން އިއުލާން ކުރައްވާ އެގައުމުގެ ރައީސް ސައިންގ ވެން ވިދާޅުވީ، މިއީ އެގައުމުގެ އަސްކަރިއްޔާ ވަރުގަދަކޮށް އެހެން ގައުމުތަކުން ބިރު ގަންނާނެވަރު އަސްކަރިއްޔާއަކަށް ހެދުމުގެ ޕްލޭންގެ ދަށުން ހަދަމުން އަންނަ ސަބްމެރިންތަކެއް ކަމަށާއި، މި ސަބްމެރިންތަކުގެ ސަބަބުން ޓައިވާނުގެ ކަނޑުގެ ސަރަހައްދުގައި އެހެން ގައުމެއްގެ އަސްކަރީ މަނަވަރެއް ހަރަކާތްތެރިވަމުން އަންނަނަމަ އެކަން އެނގޭނެ ކަމަށެވެ.

ދާދި ފަހުން ޓައިވާނުން ވަނީ އެގައުމުގެ އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން "އެއަރ ޑިފެންސް" ޕްރޮޖެކްޓެއް ވެސް ފަށައިފައެވެ. އެގޮތުން މި ޕްރޮގްރާމް ނިމުމުން އެގައުމަށް ވައިގެ މަގުން ހަމަލާއެއްދޭނަމަ އެކަން ދެނެގަނެވޭނެ ކަމަށް ޓައިވާނުގެ އަސްކަރިއްޔާއިން ބުނެއެވެ.

ޓައިވާނުން އެގައުމުގެ އަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ޕްރޮގްރާމްތައް ފަށާފައި މިވަނީ ޗައިނާއިން އެގައުމަށް ވަރުގަދަ އިންޒާރުތަކެއް ދީފައިވަނިކޮށެވެ. އެގޮތުން ޗައިނާގެ ރައީސް ސީ ޖިން ޕިން ވަނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ބަދަލުނުވާނެ ކަމަށް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މީގެ އިތުރުން ޓައިވާނުގެ ވައިގެ ސަރަހައްދުގައި ޗައިނާއިން ވަނީ އެގައުމުގެ އަސްކަރީ އުޅަނދުތައް ދުއްވައިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް