ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 09:10
އިންޑިއާގެ ހެލްތު މިނިސްޓަރ ހަރޝް ވަރްދަން
އިންޑިއާގެ ހެލްތު މިނިސްޓަރ ހަރޝް ވަރްދަން
އިންޑިއާއިން ކޮވިޑް ވެކްސިނަކަށް ހުއްދަ ދިނުން
އިންޑިއާއިން ވަރަށް އަވަހަށް ވެކްސިނަކަށް ހުއްދަދެވޭނެ - ހެލްތު މިނިސްޓަރ
 
އިންޑިއާ އަކީ ކޭސް ފަރޓިލިޓީ ރޭޓް އެންމެ ދަށުގައި އުޅޭ އެއް ގައުމު
 
އިންޑިއާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދެ އިންސައްތަ ދަށްވެފައި
 
ވެކްސިނަކަށް ހުއްދަ ދިނުމާއި ގާތްވެފައިވީ ނަމަވެސް އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުން މުހިންމު

އިންޑިއާއިން ވަރަށް އަވަހަށް ކޮވިޑް-19ގެ ވެކްސިނަކަށް ހުއްދަދޭނެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ހަރޝް ވަރްދަން ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ވާޗުއަލްކޮށް ކުރިއަށް ދިޔަ 22 ވަނަ ހައި ލެވެލް ގްރޫޕް އޮފް މިނިސްޓަރސް މީޓިންގައި ވާހަކަ ދައްކަވަމުން ހަރޝް ވަރްދަން ވިދާޅުވީ، ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިނަކަށް ހުއްދަ ދިނުމާއި ގާތްވެފައިވީ ނަމަވެސް ބަލިމަޑުކަމުން ރައްކާތެރިވުމަށް އެކުލަވާލެވިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.

އިންޑިއާގެ އާބާދީގެ 300 މިލިއަން މީހުންނަށް ވެކްސިން ދޭން ފެށުމަށް، ވެކްސިނަކަށް ހުއްދަދިނުމުގެ ކަންތައްތައް އަވަސްކުރަންޖެހޭ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އިންޑިއާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ އިންސައްތަ ދަށްވެފައިވާކަން ފާހަގަކުރައްވާފައިވާއިރު، އިންޑިއާ އަކީ ކޭސް ފަރޓިލިޓީ ރޭޓް އެންމެ ދަށުގައި އުޅޭ އެއް ގައުމުކަމަށް ހަރޝް ވަރްދަން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ފާމަސޫޓިކަލް ކުންފުނިތަކުން ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާއިރު، ބާރަތް ބަޔޯޓެކުން ތައްޔާރުކުރާ ވެކްސިނަކީ އެގައުމުގެ ވެކްސިންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ވެކްސިނެވެ. މީގެ އިތުރުން ސިރަމް އިންސްޓިޓިއުޓުން ދަނީ އެސްޓްރަޒެނެކާ އަދި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިނާއި ނޮވަވެކްސްގެ ވެކްސިން އިންޑިއާގައި އުފައްދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް