ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 15:20
ސްރީލަންކާގެ އެއާޕޯޓް: އަންގާރަ ދުވަހުގެރޭ 02:00 ން ފެށިގެން ޔޫކޭ ފްލައިޓުތައް ޖެއްސުން ވަނީ މަނާކޮށްފައި
ސްރީލަންކާގެ އެއާޕޯޓް: އަންގާރަ ދުވަހުގެރޭ 02:00 ން ފެށިގެން ޔޫކޭ ފްލައިޓުތައް ޖެއްސުން ވަނީ މަނާކޮށްފައި
ލަންކާއިން ޔޫކޭގެ ދަތުރުތައް މެދުކަނޑާލުން
ޔޫކޭ ފްލައިޓުތައް ލަންކާއަށް ޖެއްސުން މަނާކޮށްފި
 
ލަންކާ އެއާޕޯޓް ފަތުރުވެރިކަމަށް މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ
 
އަންގާރަ ދުވަހުގެރޭ 02:00 ން ފެށިގެން ޔޫކޭ ފްލައިޓުތައް ލަންކާއަށް އައުން ވަނީ މަނާކޮށްފައި

އިނގިރޭސިވިލާތުން އަންނަ ފްލައިޓުތައް ސްރީ ލަންކާއަށް ޖެއްސުން މަނާކޮށްފިއެވެ.

ސްރީލަންކާގެ އޭވިއޭޝަން އޮތޯރިޓީން ބުނެފައިވާ ގޮތުގައި އަންގާރަ ދުވަހުގެރޭ 02:00 ން ފެށިގެން އިނގިރޭސިވިލާތުން ފްލައިޓުތައް އެ ގައުމަށް އައުން މަނާކޮށްފައިވާ ކަމަށެވެ.

މިގޮތަށް ނިންމާފައި މިވަނީ އިނގިރޭސިވިލާތުގައި ފެތުރޭ ކޮވިޑް-19 ވައިރަހުގެ އައު ވައްތަރެއް ފެނުމާ ގުޅިގެން ކަމަށް ލަންކާގެ އޭވިއޭޝަން އޮތޯރިޓީން ބުނެފައި ވެއެވެ. އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިކަމަށް އަލުން އެ ގައުމުގެ އެއާޕޯޓް ހުޅުވާލުމަށް ވަނީ ނިންމާފައެވެ. ލަންކާއިން އިނގިރޭސިވިލާތުގެ ފްލައިޓުތައް އައުން މަނާކޮށްފައިވާއިރު، އެ ހުއްދަ އަލުން ދޭނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް ވައިރަހުގެ ތަފާތު ވައްތަރެއް ފެތުރޭތީ އިންޑިއާއިންވެސް ދަތުރުތައް މެދުކަނޑާލާފައިވާއިރު، ޔޫރަޕުގެ ބައެއް ގައުމުތަކުން އިނގިރޭސިވިލާތަށް ކުރާ ވައިގެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. އަދި ކެނެޑާ އާއި ސައުދީ އަރަބިއްޔާއިންވެސް ވަނީ އިނގިރޭސިވިލާތުން އަންނަ ފްލައިޓުތައް އައުން މެދުކަނޑާލަން ނިންމާފައެވެ.

ބައިނަލްއަގުވާމީ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގައި ގައިންގަޔަށް އެރުމުގެ ބާރު ގަދަ ކޮވިޑް އައު ވައިރަހެއް ފެތުރެމުންދާ ކަމަށާއި، އެ ވައިރަސް ފެތުރޭ މިންވަރު އަވަސް ކަމަށެވެ. އަދި އެ ވައިރަހުގެ އަސަރުކޮށްފައިވާ މީހުން ދެނެގަތުމަށް އުނދަގޫ ކަމަށްވެސް ބައެއް ރިޕޯޓުތަކުގައި ހާމަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް