ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 12:42
ފިލިޕީންސްގެ ފޮރިން ސެކްރެޓަރީ ޓިއޮޑޮރޯ ލޮކްސިން
ފިލިޕީންސްގެ ފޮރިން ސެކްރެޓަރީ ޓިއޮޑޮރޯ ލޮކްސިން
ފިލިޕީންސުން ނޮވަވެކްސްގެ ވެކްސިން ހޯދުން
ނޮވަވެކްސް ކުންފުނިން އުފައްދާ ކޮވިޑް ވެކްސިންގެ 30 މިލިއަން ޑޯޒް ފިލިޕީންސަށް ލިބޭނެ: ފޮރިން ސެކްރެޓަރީ
 
މިހާތަނަށް އެގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އެސްޓްރަޒެނެކާއާއި އެކު އެކަނި
 
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސިރަމް އިންސްޓިޓިއުޓް އާއެކު އެއްބަސްވުމުގައި ސޮއިކުރާނެ
 
ފިލިޕީންސުން ވަނީ އިންޑިއާގައި ނޮވަވެކްސްގެ ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާ ސިރަމް އިންސްޓިޓިއުޓްއާއި އެކު މަޝްވަރާ ކޮށްފައި

އިންޑިއާގައި އުފައްދަމުން އަންނަ ނޮވަވެކްސް ކުންފުނީގެ ކޮވިޑް ވެކްސިންގެ 30 މިލިއަން ޑޯޒް ފިލިޕީންސަށް ލިބޭނެ ކަމަށް އެގައުމުގެ ފޮރިންގ ސެކްރެޓަރީ ޓިއޮޑޮރޯ ލޮކްސިން ވިދާޅުވެއްޖެއެވެ.

ފޮރިން ސެކްރެޓަރީ ވިދާޅުވީ އެގައުމުން ވަނީ އިންޑިއާގައި ނޮވަވެކްސްގެ ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާ ސިރަމް އިންސްޓިޓިއުޓްއާއި އެކު މަޝްވަރާތަށް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އަންނަ އަހަރުގެ ޖުލައި މަހު ފިލިޕީންސަށް ނޮވަވެކްސް ވެކްސިންގެ 30 މިލިއަން ޑޯޒް ފޯރުކޮށްދެވޭނެ ކަމަށް ސިރަމް އިން ބުނެފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސިރަމް އިންސްޓިޓިއުޓް އާއެކު އެއްބަސްވުމުގައި ސޮއިކުރާނެ ކަަމަށް ފިލިޕީންސްގެ ފޮރިން ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާ ގިނަ ކުންފުނިތަކަކާއި އެކު ފިލިޕީންސުން މަޝްވާރަތަށް ކުރިއަށް ގެންދިޔަ ނަމަވެސް މިހާތަނަށް އެގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އެސްޓްރަޒެނެކާއާއި އެކު އެކަނިއެވެ. އެގޮތުން އެކުންފުނިން 2.6 މިލިއަން ޑޯޒް ގަތުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން ޗައިނާގެ ސިނޮވެކް ކުންފުނިން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ 25 މިލިއަން ޑޯޒް، އަދި މޮޑާނާއިން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ ހަތަރު މިލިއަނާއި 25 މިލިއަނާއި ދެމެދުގެ އަދަދަކަށް ގަތުމަށް ފިލިޕީންސުން ވަނީ ނިންމާފައެވެ.

އެގޮތުން މިހާރު މޮޑާނާއާއި އެކު މަޝްވަރާތައް ކުރިއަށް ގެންދާކަމަށް ފިލިޕީންސްގެ ފޮރިން ސެކްރެޓަރީ ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް