ކ. މާލެ
|
22 ޑިސެންބަރ 2020 | އަންގާރަ 09:49
އީޔޫ އިން ފައިޒަރގެ ކޮވިޑް ވެކްސިނަށް ހުއްދަދީފައި މިވަނީ އިނގިރޭސިވިލާތުން މިވެކްސިނަށް ހުއްދަދީ ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދަނިކޮށް
އީޔޫ އިން ފައިޒަރގެ ކޮވިޑް ވެކްސިނަށް ހުއްދަދީފައި މިވަނީ އިނގިރޭސިވިލާތުން މިވެކްސިނަށް ހުއްދަދީ ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދަނިކޮށް
ޓްވިޓަރ
ޔޫރަޕުން ފައިޒަރގެ ވެކްސިނަށް ހުއްދަދިނުން
ފައިޒަރ އަދި ބައޯއެންޓެކް ވެކްސިނަށް އީޔޫ އިން ހުއްދަދީފި
 
ފައިޒަރ އަދި ބައޯއެންޓެކްގެ ކޮވިޑް ވެކްސިނަކީ 95 އިންސައްތަ ކާމިޔާބު ވެކްސިނެއް
 
ކުރިން އީއެމްއޭ އިން ވެކްސިނަށް ހުއްދަދޭނެ ކަމަށް ލަފާކޮށްފައިވަނީ ޑިސެމްބަރ 29ގައި

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އަދި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިނަށް ޔޫރަޕިއަން ޔޫނިއަނުން ހުއްދަދީފިއެވެ.

ޔޫރަޕިއަން މެޑިސިން އެޖެންސީ (އީއެމްއޭޭ) އިން ފައިޒަރ އަދި ބައޯއެންޓެކްގެ ވެކްސިނަށް ހުއްދަދީފައި ވަނީ ހޯމަ ދުވަހުއެވެ. މީގެ ކުރިން އީއެމްއޭ އިން ވެކްސިނަށް ހުއްދަދޭނެ ކަމަށް ލަފާކޮށްފައިވަނީ ޑިސެމްބަރ 29ގައި އެވެ. އެހެން ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކަކުން ވެކްސިނަށް ހުއްދަދިނުމުގެ މަރުހަލާ އަވަސްކުރުމަށް ގޮވާލުމުން ފައިޒަރގެ ވެކްސިނަށް ހުއްދަދިނުން ވަނީ ޑިސެމްބަރ 21އަށް އަވަސްކޮށްފައެވެ.

އީއެމްއޭގެ ޗީފް އެމަރ ކޫކް ވަނީ ފައިޒަރ އަދި ބައޯއެންޓެކްގެ ވެކްސިނަށް ހުއްދަދެވުމާއިއެކު ޔޫރަޕްގެ 27 ގައުމަކަށް ވެކްސިން ލިބިގެންދާނެކަމަށް ފާހަގަކުރައްވާފައެވެ. އަދި މިއީ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެމަރ ފާހަގަކުރެއްވިއެވެ.

އީޔޫ އިން ފައިޒަރގެ ކޮވިޑް ވެކްސިނަށް ހުއްދަދީފައި މިވަނީ އިނގިރޭސިވިލާތުން މިވެކްސިނަށް ހުއްދަދީ ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދަނިކޮށެވެ. އަދި އެމެރިކާއިންވެސް މިހާރު ފައިޒަރގެ ވެކްސިނަށް ހުއްދަދީ ވެކްސިން ޖަހަން ފަށާފައިވާއިރު، ފައިޒަރ އަދި ބައޯއެންޓެކްގެ ކޮވިޑް ވެކްސިނަކީ 95 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ.

ފައިޒަރ އަދި ބައޯއެންޓެކްގެ ކޮވިޑް-19 ވެކްސިނަކީ މެސެންޖަރ އާރްއެންއޭ ވެކްސިނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް