ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 04:56
" ހައެ ހައެ" ލަވައިގެ އާޓިސްޓެއް
" ހައެ ހައެ" ލަވައިގެ އާޓިސްޓެއް
ރާއްޖެއެމްވީ
" ހައެ ހައެ" ލަވަ
"ހައެ ހައެ" ލަވައިގެ އެއްވެސް އާޓިސްޓަކާއިމެދު ޖިނާއީ ތަހުގީގެއް ނުހިންގާ، އެއީ ދޮގު ޚަބަރެއް: ސިމްބޮލިކް ރެކޯޑްސް
 
ގަވައިދުތަކަށް ބޯލަނބާ، އެއާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ބައެއް ކަމުގެ ޔަގީންކަން ސިމްބޮލިކުންދޭ
 
"ހައެ ހައެ" އާއި ގުޅިގެން ބަޔަކު މީހުން ފަތުރަމުންދަނީ ހަގީގަތާއި ޚިލާފް ވާހަކަތަކެއް

ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސިމްބޮލިކް ރެކޯޑްސް އިން "ހައެ ހައެ" ގެ ނަމުގައި ނެރެފައިވާ ވީޑީއޯ ލަވައާއި ގުޅިގެން އެ ލަވައިގައި ހިމެނޭ އެއްވެސް އާޓިސްޓަކާއިމެދު އެއްވެސް ޖިނާއީ ތަހުގީގެއް ނުހިންގާކަމަށާއި އެއީ ފަތުރަމުންދާ ދޮގު ޚަބަރެއްކަމަށް ލަވަ އުފެއްދި ސިމްބޮލިކް ރެކޯޑްސް އިން ބުނެފިއެވެ.

ސިމްބޮލިކް ރެކޯޑްސްއިން ނެރެފައިވާ ބަޔާނެގައި ބުނެފައިވަނީ، އެފަރާތުން ނެރުނު ވީޑިއޯ ލަވަ "ހައެ ހައެ" އާއި ގުޅިގެން ބަޔަކު މީހުން ފަތުރަމުންދަނީ ހަގީގަތާއި ޚިލާފް ވާހަކަތަކެއްކަމަށެވެ.

"ސިމްބޮލިކްގެ ރެކޯޑްސްގެ ރެކޯޑް ލޭބަލްގް ދަށުން ނެރެފައިވާ "ހައެ ހައެ" ލަވައާއި ގުޅިގެން ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކުގެ ތެރޭގައި އެ ލަވައިގައި ހަރަކާތްތެރިވާ ނުވަތަ އެލަވަ ކިޔާފައިވާ ސިމްބޮލިކްގެ އާޓިސްޓުން ޖަލަށް ލާފައިވާ ކަމަށާއި، އަދި އެ އާޓިސްޓުންގެ މައްޗަށް ލަވައާއި ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަމުން ގެންދާ ކަމަށާއި، އަދި މި ނޫނަސް މިފަދަ އެތަކެއް ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ދަނީ ފަތުރަމުންނެވެ." މި ބަޔާނުގައިވެއެވެ.

ސިމްބޮލިކް ރެކޯޑްސްއިން ބުނީ، އެ ލަވައިގައި ހިމެނޭ އެއްވެސް އާޓިސްޓަކާއިމެދު އެއްވެސް ޖިނާއީ ތަހުގީގެއް ނުހިންގާކަމަށާއި، އެފަދަ އެއްވެސް ކަމެއް މިއަދާ ހަމަޔަށްވެސް ހިނގާފައި ނުވާކަމަށެވެ. އެހެންނަމަވެސް "ހައެ ހައެ" ލަވައާއި ގުޅިގެން އޮޅުވާލައިގެން މީހަކު ފުލުހުންގެ އިދާރާއަށް މައްސަލައެއް ހުށަހަޅާ، އެ މައްސަލައާއި ގުޅިގެން ސިމްބޮލިކް ރެކޯޑްސް އިން ވަރަށް ފުރިހަމަ އެއްބާރުލުމެއް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދީ، އެ މައްސަލައާއި ގުޅިގެން ވީ އެންމެ ފުރިހަމައަކަށް ޖަވާބުދާރީވެފައިވާނެކަމަށް މި ބަޔާނުގައިވެއެވެ.

ސިމްބޮލިކް ރެކޯޑްސް އާއި އެ ރެކޯޑް ލޭބަލްގެ އާޓިސްޓުންނަކީ، ރާއްޖޭގައި ހެދިފައި ހުރި އެންމެހާއި ގާނޫނުތަކާއި، ގަވައިދުތަކަށް ބޯލަނބާ، އެއާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ބައެއް ކަމުގެ ޔަގީންކަން ސިމްބޮލިކުންދެއެވެ.

އެ ރެކޯޑް ލޭބަލް އާއި ދެކޮޅަށް ތަފާތު ވާހަކަތައް ދައްކާ، ތަފާތު ތުހުމަތުތަށް ކުރަމުންދާ ފަރާތްތަކަކީވެސް އެ ރިކޯޑް ލޭބަލްއަށް އިތުރު ކުރިއެރުމާއި، ހިތްވަރުދޭ ބައެއް ކަމުގައި ދެކޭކަމަށާއި، އެފަދަ ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރާކަމަށް ސިމްބޮލިކްގެ ބަޔާނުގައިވެއެވެ. ސިމްބޮލިކުން ބުނީ ބިނާކުރަނިވި ޚިޔާލަށް މަރުހަބާ ކިޔާ ކަމަށާ، ނަމަވެސް އެ ރެކޯޑްލޭބަލް އާއި މެދު ނަފްރަތު އުފެދޭ ފަދަ ވާހަކަ ދެއްކުން ވަގުތުން ހުއްޓާލުމަށް ގޮވާލާކަމަށެވެ.

ބަޔާނުގައިވަނީ ރެކޯޑް ލޭބަލް އިން އަބަދުވެސް ބަލަނީ އެއް ޕްރޮޑަކްޝަނަށްވުރެ އަނެއް ޕްރޮޑަކްޝަން ފުރިހަމަ ކުރުމަށް ކަމަށާ، އެހެން ކަމުން އުފެއްދުންތަކުގެ ކޮލިޓީ ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް ސަޕޯޓަރުންނަށް ދޭކަމަށެވެ. އަދި ސިމްބޮލިކް ރެކޯޑްސް ލޭބަލްގެ ދަށުން ނިކުންނަން ހުރި އެތަކެއް ޕްރޮޑަކްޝަން ކުރިއަށް އަދިވެސް އެބަ ހުރިކަމަށާއި އެފަރާތުގެ ޕްރޮޑަކްޝަންތަކަށް އާއްމުން ދޭ ތަރުހީބަށް ޝުކުރު އަދާކުރާކަމަށް މި ބަޔާނުގައިވެއެވެ.

ސިމްބޮލިކުން ބުނީ، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ އަކީ ވަކި ބަޔަކު ކޮންޓްރޯލް ކުރާ އިންޑަސްޓްރީއަކަށް ވުމުގެ ބަދަލުގައި އެންމެނަށްވެސް ހަމަ ހަމަ ފުރުސަތު ލިބޭނެ އަދި އަމިއްލަ އުފެއްދުންތަކަށް ލޯބި ކުރާ ބަޔަކު އުޅޭ ތަނަކަށް ހެދުމަށް ސިމްބޮލިކް އިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާނެކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
0%
0%
0%
0%
0%
ކޮމެންޓް