ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 18:37
ފަރްހާން ހާންއާއި އަދޫނާ
ފަރްހާން ހާންއާއި އަދޫނާ
ގޫގުލް
ފަރްހާން ހާން
ފަރްހާން އާއި އަދޫނާ ވަރިވެއްޖެ
 
ކައިވެނި ރޫޅާލަން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ

ޑައިރެކްޓަރ އަދި އެކްޓަރ ފަރްހާން އަހްތަރުގެ 16 އަހަރުވީ ކައިވެނި ނިމުމަކަށް އަތުވެއްޖެ އެވެ.

ބޮލީވުޑްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފަރްހާން އާއި އޭނާގެ އަންހެނުން އަދްނާ ބަބާނީގެ ކައިވެނި ނިމުމަކަށް އައިސްފައި ވަނީ ދެ މީހުންގެ ދޭތެރޭގައި މައްސަލަތަކެއް ޖެހި، އެކަންކަން ހައްލު ނުވެ އެންމެ ފަހުން ވަކިވާން ދެ މީހުން އަމިއްލަ އަށް ނިންމުމާ ގުޅިގެންނެވެ.

ފަރްހާން އާއި އަދޫނާގެ 16 އަހަރުވީ ކައިވެނި ރޫޅާލަން ނިންމާފައިވާ ކަމަށް ބުނެ އެދެމީހުން ބަޔާނެއް ނެރެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ވަރިވާން ނިންމައި ފަރްހާން އާއި އަދޫނާ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އަދި ފަރްހާން އާއި އަދޫނާ އަށް ކޯޓުން ވަނީ އެދެމީހުންގެ ދެމެދުގައި ޖެހިގެން އުޅޭ މައްސަލަ އަމިއްލަ އަށް ހައްލުކުރުމަށް ހަމަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

ހަމަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް މައްސަލަތައް ހައްލުކޮށް އަލުން އެކުގައި އުޅެން ބޭނުންނުވާތީ ދެމީހުން ވަރިވާން ބަންޑްރާ ކޯޓުން އިއްޔެ ވަނީ ހުއްދަދީފަ އެވެ.


ކައިވެނި ރޫޅުނު ހަބަރު ފެތުރުނު އިރު، ފަރްހާން މިހާރު ދިރިއުޅެމުން ވެސް އަންނަނީ އަދްނާ އާ ވަކިން، ދައްތަ އަދި ޑައިރެކްޓަރު ޒޯޔާ އަހްތަރާ އެކު އޭނާގެ އެޕާޓްމަންޓްގައި ކަމަށް ވެއެވެ.

ފަރްހާނަކީ މަޝްހޫރު ޅެންވެރިޔާ އަދި ސްކްރީން ރައިޓަރު ޖާވިދް އަހްތަރުގެ ދަރިއެކެވެ. ފަރްހާންގެ މައިންބަފައިންގެ ކައިވެނި ވެސް ރޫޅިފައިވާ އިރު، އޭނާގެ ބައްޕަ މިހާރު ކައިވެނިކޮށްގެން އުޅެނީ ބަތަލާ ޝަބާނާ އަޒްމީ އާ އެވެ.

ފަރްހާން އާއި އަދްނާގެ ކައިވެނި ރޫޅުނު އިރު އެ ދެ މީހުންނަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ.
 

ވަރިޔަށް ފަހު ދަރިން ތިބޭނެ ކަމަށް ކޯޓުން ނިންމާފައިވަނީ އަދޫނާ ކައިރި އެވެ. އަދި ފަރްހާން ބޭނުން ކޮންމެ އިރަކު އޭނާގެ ދެކުދިންނާ ބައްދަލުކުރެވޭނެ ކަމަށް ވެސް ކޯޓުން ވަނީ ނިންމާފަ އެވެ.

ފަރްހާނާއި އަދޫނާ ވަރިވެފައިވާއިރު ފަރްހާނާއި ޝްރައްދާކަޕޫރުގެ ލޯބީގެ ގުޅުމެއް އޮންނަކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. އެހެން ނަމަވެސް އެކަން ފަރްހާން ދޮގުކުރެއެވެ. ފަރްހާން ބުނި ގޮތުގައި މި ހުރިހާ ވާހަކަތަކަކީ ވެސް ބައެއްގެ ޚިޔާލީ ވާހަކަ ތަކެކެވެ. އަދި އެވާހަކަ ތަކުގައި އެއްވެސް ވަރަކަށް ހަގީގަތެއް ނެތްކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް