ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 18:35
ސަލްމާން ހާން
ސަލްމާން ހާން
ބޮލީވުޑް ހަންގާމާ
ސަލްމާން ހާން
ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން
 
ސަލްމާން މިހާރު ވަނީ ޓުއާއެއްގައި

ހޮލީވުޑްއަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ސަލްމާން ހާން ބުނެފިއެވެ.

މިވަގުތު "ދަބަންގް ޓުއާ" ގައި އުޅެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޮލީވުޑްގައި މަސައްކަތް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި މަސައްކަތް ކުރަން ގޭން ބޭރަށް ވެސް ދާ ހިތް ނުވާ ކަމަށެވެ.

ބޮލީވުޑް ތަރިންގެ ތެރެއިން ޕްރިޔަންކާ ޗޯޕްޅާ އާއި ދީޕިކާ ޕަދުކޯން ފަދަ ތަރިން ހޮލީވުޑް ފިލްމުތައް  މިހާރު ދަނީ ކުޅެމުންނެވެ. ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ސަލްމާން އޭނާގެ ފޭނުނާ ބައްދަލުކޮށް، ބާއްވަމުންދާ މިޝޯތަކުގެ ތެރެއިން މިފަހަރު ޝޯ ދީފައި ވަނީ އޮސްޓަރޭލިޔާ އަދި ނިއުޒިލޭންޑްގައެވެ.

ސަލްމާންގެ "ދަބަންގް ޓުއާ"ގައި  ބައިވެރިވަނީ އޭނާގެ އިތުރުން ބިޕާޝާ ބާސޫ އާއި ޖެކްލީން ފެނާންޑިސް، ސޮނާކްޝީ ސިންހާ، ޕްރަބޫ ދޭވާ، ބާދްޝާހް، ޑެއިޒީ ޝާހް އަދި ތަމަންނާ ބާޓިއާ އެވެ.

ފިލްމީ މަސައްކަތުގައި، ސަލްމާން ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ ކުޑަ އީދު ދުވަހު ރިލީޒްކުރާ "ޓިއުބުލައިޓް" އިންނެވެ. ސަލްމާން ޓްވިޓާގައި ޝެއާކޮށްފައިވާ ޕޯސްޓަރުގައި އޭނާވަނީ ޓުއާގެ ފުލް ޝެޑިއުލް ލިއެފައެވެ. އަދި މި ޕޯސްޓަރުގެ ކެޕްޝަނަކަށް "ގެޓް ރެޑީ ފޯ ދަބަނގް ޓުއާ" މިހެން ލިޔެފައި ވެއެވެ.

"ދަ ޗޮކްލެޓް ރޫމް" ކިޔާ އިންޓަނޭޝަނަލް އިވެންޓް މެނޭޖްމަންޓް ކުންފުންޏަކުން އިންތިޒާމް ކުރާ މި ޝޯއަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އެކުންފުނިން ބުނެއެވެ.

ސަލްމާން މިހާރު އަންނަނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްގެ "ޓައިގާ ޒިންދާ ހޭ" ގެ މަސައްކަތް ކެޓުރީނާ ކައިފާ އެކު ކުރިޔަށް ގެންދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް