އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ބާހްބަލީ 2

"ބާހްބަލީ 2" އަށް އަނެއްކާ ވެސް ރެކޯޑެއް

  • މީގެ ކުރިން "ބާހްބަލީ2" ދައްކަން ހަމަޖެހިފައި އޮތީ 6500 ސްކްރީނެއްގައި

ކ. މާލެ | 26 އޭޕްރިލް 2017 | ބުދަ 14:22 | 7,559

ބާހްބަލީ2 ގެ ފޮޓޯއެއް - ގޫގުލް

ނުވަހާސް ސްކްރީނެއްގައި ފިލްމު އެޅުވުމުގެ ރެކޯޑް އަނެއްކާ ވެސް "ބާހްބަލީ 2" ރެކޯޑް ހަދައިފިއެވެ.

މީގެ ކުރިން "ބާހްބަލީ 2" ދައްކަން ހަމަޖެހިފައި އޮތީ 6،500 ސްކްރީނެއްގައެވެ.

"ބާހްބަލީ 2" އިންޑިއާގެ 6،500 ސިނަމާގައި އަޅުވާއިރު އިންޑިއާ ނޫން އެހެން ގައުމުތަކުގެ 2،000 ސިނަމާގައި އަޅުވާނެއެވެ. އަދި އެމެރިކާގައި ވެސް މި ފިލްމު ލޯންޗުކުރާއިރު ފިލްމު އެޅުވުމުގެ ހަފްލާ ވަރަށްބޮޑުކޮށް ބާއްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ 1،100 ސްކްރީނެއްގައި "ބާހްބަލީ 2" ގެ ތެލަގޫ،ތަމަޅަ އަދި ހިންދީ ވާޝަން އަޅުވާނެއެވެ. އަދި ކެނެޑާގެ 150 ސްކްރީނެއްގައި އަޅުވާނެއެވެ.

މީގެ އިތުރުން ނިއުޒިލެންޑާއި، އޮސްޓްރޭލިއާ އަދި ފިޖީގައި މި ފިލްމުގެ ހިންދީ ވާޝަން އަޅުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.  އަދި "ބާހްބަލީ 2"ގެ ތަމަޅަ ވާޝަން މެލޭޝިއާގައި އަޅުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އިންގްލެންޑްގައި "ޔޫކޭ އިންޑިއާ އިޔާ އޮފް ކަލްޗާ އިވެންޓްސް" ގައި މި ފިލްމު ޕްރިމިއާކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

ބޮލީވުޑްގެ ފިލްމުތަކުގެ ތެރއިން މިއަހަރުގައި ނިކުންނާނެ އެންމެ ބޮޑު ފިލްމު ކަމަށް ބެލެވޭ ފިލްމު "ބާހްބަލީ 2" ގެ ޓްރެއިލާ އޮންލައިންކޮށް އެންމެ ގިނަ މީހުން ބެލި ޓްރެއިލާއަށް ވެސް ވަނީ ވެފައެވެ.

އޮންލައިންކޮށް "ބާހްބަލީ 2" ގެ ޓްރެއިލާ މީހުންގެ އަދަދު ވަނީ 100 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

މާޗް މަހުގެ މެދެއްހާ ހިސާބުގައި ރިލީޒްކޮށްފައިވާ މި ޓްރެއިލާއަށް އެތަށް ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. 2015 ވަނަ އަހަރު ނެރުނު "ބާހްބަލީ"ގެ ފުރަތަމަ ފިލްމު "ބާހްބަލީ" އަކީ ވެސް ކާމިޔާބު މޮޅުފިލްމެކެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" ގައި ވެސް ފެނިގެންދާނީ ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ތަރިންނެވެ. އޭގެ ތެރޭގައި ތަމަންނާ ބާޓިއާ، އަނުޝްކާ ޝެޓީ، ރާމިއާ ކްރިޝްނަން، ޕްރަބާސް އަދި ރާނާ ދަގޫޕަތީ ހިމެނެއެވެ.

ފިލްމް "ބާހްބަލީ" ގެ ތިން ވަނަ ބައެއް އުފެއްދުމުގެ ހިޔާލު ވެސް ގެންގުޅެމުން އަންނަ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ވަނީ ބުނެފައެވެ.

ތެލެގޫ ބަހުން އުފެއްދި މި ފިލްމް ހިންދީ ބަހުގެ އިތުރުން، އިންޑިއާގެ އެހެން ގިނަ ބަސްތަކުން ވެސް ޑަބްކޮށްގެން ރިލީޒްކުރާނެއެވެ. ފުރަތަމަ ބައި ވެސް ރިލީޒްކުރީ އެގޮތަށެވެ.

އާދަޔާހިލާފު މޮޅު ވިޝުއެލް އިފެކްޓްސް އާއި ތަރިންގެ މޮޅު އެކްޓިންއާ އެކު ގެނެސް ދީފައިވާ "ބާހްބަލީ" ގެ ދެވަނަ ބަޔަކާ އެކު ފިލްމުގެ ވާހަކަ ނިމުމަކަށް އަންނާނެ ކަމަށް ރާޖަމޯލީ ބުންޏެވެ. ރާޖަމޯލީ ޓްވިޓާގއި ބުނެފައި ވަނީ ތިންވަނަ ބައި ހަދާއިރު ދެވަނަ ބައިގެ ވާހަކަ ދިގުދެމެން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި "ބާހްބަލީ"ގެ ތިން ވަނަ ބައި އަންނާނީ މުޅިން އާފެށުމަކާ އެކީގައެވެ.

ރާޖަމޯލީ ބުނީ ތިން ވަނަ ބައި ވެގެން ދާނީ އިންޑިއާގެ ސިނަމާ އިން ބެލުންތެރިން މިހާތަނަށް ތަޖުރިބާކޮށްފައި ނުވާ ފަދަ ކަންތައްތަކެއް ގެނެސް ދޭނެ ފިލްމަކަށް ކަމަށެވެ.

"ބާހްބަލީ 2" ރިލީޒްކުރަން ހަމަ ޖެހިފައިވަނީ އޭޕްރީލް 28 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.