ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 20:16
ހައުސިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އަހްމަދު ނަރީޝް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ފްލެޓް ލިބޭ މީހުންގެ ތެރޭގައި އޭރު އޮތީ ހިމަނާފައި
ހައުސިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އަހްމަދު ނަރީޝް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ފްލެޓް ލިބޭ މީހުންގެ ތެރޭގައި އޭރު އޮތީ ހިމަނާފައި
ރާއްޖެއެމްވީ
ހިޔާ މަޝްރޫއުގެ ހިޔާނާތް
ޔާމިން ސަރުކާރުން ބޭނުން ބަޔަކަށް ފްލެޓް ދޭން މަސައްކަތް ކުރި ކަމުގެ އިތުރު ހެކިތައް ފެންމަތިވެއްޖެ
 
ފްލެޓްއަކީ ވެރިކަމުގެ ފަރާތުން ރުހޭ ފަރާތްތަަކަށް ދޭ ހަދިޔާއެއްގެ ގޮތުގައި ސިފަ ކުރެވޭ
 
ފްލެޓް ދީފައިވާއިރު ދިރިއުޅުމުގެ ޙާލަތު ބަލާފައިވާކަން ލިއެކިއުމުން އެނގޭކަށް ނެތް
 
ޕޮއިންޓު ދީފައިވަނީ ހިތުހުރި ގޮތަކަށްކަން ކަން ބެލުމުން ސާފުވޭ

ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ރައްޔިތުންގެ ނަމުގައި ޗައިނާއިން ބޮޑު ލޯނެއް ނަގައިގެން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ބައެއް ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކަށާއި އެފަރާތްތަކުގެ އާއިލާއަށް ފްލެޓު ލިބޭކަމަށް އޭރު ކަނޑައަޅާފައިވަނީ ބޭނުން ބަޔަކަށް ފްލެޓް ދިނުމުގެ ގޮތުންކަން ހާމަވާ އިތުރު ހެކިތައް ފެންމަތިވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ އެޗް-7 (18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ) ކެޓެގަރީގެ ފޯމުތައް ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީން ދިރާސާ ކުރުމަށް ފަހު މިހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ވަގުތީ ލިސްޓެއް ވަނީ އާންމު ކޮށްފައެވެ. އެ ލިސްޓު ދިރާސާ ކުރުމުން އޭރު ބައެއް ސިޔާސީ މަޤާމުތަކުގައި ތިބި ބައެއް ފަރާތްތަަކަށް ދިރިއުޅުމުގެ ޙާލަތު ބެލުމެއް ނެތި، އެ ބަޔަށް ނިސްބަތުން މަތީ މާރކްސް ވަނީ ދީފައިވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.

އަދި ފްލެޓްތައް ދިނުމުގައި އިންސާފުން އެއްކިބާވެފައިވާ ކަމުގެ ޝަކުވާ ބެލުމަށް އެކުލަވާލި ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އެކަންކަން ދިރާސާ ކުރިއިރު ދިރިއުޅުމުގެ ޙާލަތަށް އެފަރާތްތަކަށް މާކުސް ދީފައިވަނީ އެއްގޮތަކަށްވެސް އިންސާފުން ނޫންކަންވެސް ވަނީ ފާހަގަވެފައެވެ.

މިސާލެއްގެ ގޮތުން ރައީސް ޔާމީނުގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައި ހުންނެވި، އަދި މިހާރު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސްޕޯކްސްޕަރސަން ހީނާ ވަލީދަށްވެސް އެޗް-7 ކެޓަގަރީން ފްލެޓު ލިބޭ ކަން އޭރު ސަރުކާރުން އެކުލަވާލި ލިސްޓު ދިރާސާ ކުރުމުން ރާއްޖެއެމްވީއަށް ފާހަގަވެފައިވެއެވެ. އެގޮތުން އޭރު އޭނާގެ ދިރިއުޅުމުގެ ޙާލަތަށް ދީފައިވާ 30 މާރކްސްއާއި، ވަޒީފާގެ މުއްދަތަށް ދީފައިވާ 5 މާރކްސްއާއި، އާއިލާގެ ކުޑަބޮޑު މިނަށް ބަލައި ދީފައިވާ 30 މާރްކްސްއާއެކު ޖުމުލަ 65 ޕޮއިންޓް ލިބިފައިވެއެވެ.

ހީނާ ވަލީދުގެ އާއިލާގެ 2 މެމްބަރަކަށްވެސް ފްލެޓް ލިބޭ ލިސްޓުން ޖާގަ ދީފައިވާއިރު، ދިރިއުޅުމުގެ ޙާލަތާއި ޕޮއިންޓް ދޭ މިންގަނޑަށް ބަލާއިރު، ޙަޤީޤަތުގައި އޭނާއަށް ލިބެނީ 48.51 މާރކްސްއެވެ. އެއީ ދިރިއުޅުމުގެ ޙާލަތަށް ލިބޭ 13.51 މާރކްސްއާއި، އާއިލާގެ ކުޑަބޮޑު މިނަށް ބަލައި ލިބޭ 30 މާރކްސްގެ އިތުރުން، ވަޒީފާގެ މުއްދަތަށް ބަލައި ލިބޭ 5 މާރކްސްއެވެ. އެގޮތުން ހީނާ ވަލީދަށް އޭރު ގިނަ ޕޮއިންޓް ލިބޭކަމަށް ކަނޑައަޅާފައިވަނީ ދިރިއުޅުމުގެ ޙާލަތުގެ ބައިން "ހިބައިން" ދީފައިވާ ޕޮއިންޓުތަކާއެކުގައި މިހާރު ސާފުކޮށް ފެންނާން އެބައޮތެވެ.

އޭގެ އިތުރުން، އޭރު ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު އަހްމަދު ނަރީޝަށްވެސް ދިރިއުޅުމުގެ ޙާލަތާއެކު ޖުމުލަ 65 ޕޮއިންޓް ލިބިފައިވީނަމަވެސް، އޭނާގެ ދިރިއުޅުމުގެ ޙާލަތަށް ބަލާއިރު ޙަޤީޤަތުގައި އެއްވެސް ޕޮއިންޓެއް ނުލިބޭކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. ކަންކަން އިތުރަށް ބެލުމުން އެނގުނު ގޮތުގައި، ނަރީޝަށް ޖުމްލަ ލިބެނީ 25 ޕޮއިންޓެވެ. އެއީ އާއިލާގެ ކުޑަބޮޑުމިނަށް ބަލައި ލިބޭ 20 ޕޮއިންޓާއި، ވަޒީފާގެ މުއްދަތަށް ބަލައި ލިބޭ 5 ޕޮއިންޓެވެ.

ރައީސް ޔާމީންގެ ސްޕޯކްސްޕާސަންގެ މަގާމް އަދާ ކުރެއްވި މުއާޒްގެ އަނބިކަނބަލުންނަށްވެސް އެޗް-7 ކެޓަގަރީން ކުރީ ސަރުކާރުން އޮތީ ފްލެޓް ކަށަވަރު ކޮށްދީފައެވެ. އެގޮތުން މުއާޒުގެ އަނބިކަނބަލުން ފާތިމަތު ލިއުޝާއަށް 65 ޕޮއިންޓް ލިބޭ ކަމަށް ކުރީ ސަރުކާރުން އެކުލަވާލި ލިސްޓުގައި ކަނޑައަޅާފައިވީނަމަވެސް، އޭނާގެ ދިރިއުޅުމުގެ ޙާލަތާއި، ވަޒީފާގެ އިތުރުން، އާއިލާގެ ނިސްބަތަށް ބަލައި ލިބެނީ 55 ޕޮއިންޓެވެ.

ކުރީ ސަރުކާރުން އެކުލަވާލި ފްލެޓު ލިސްޓުތައް ރާއްޖެއެމްވީން ދިރާސާކުރިއިރު، ވަކި ވަކި މިނިސްޓްރީ ތަކާއި، ސަރުކާރުގެ އިދާރާތަކުގެ އެކި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އާއިލާތަކުންވެސް 300 އާ ގާތްކުރާ އަދަދަކަށް ފްލެޓް ލިބިފައިވާކަން ފާހަގަވިއެވެ. އޭގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކާއި، އެމީހުންގެ އަނބިދަރިންވެސް ހިމެނެއެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަށް މަތިން ޕޮއިންޓް ދީފައިވަނީ ދިރިއުޅުމުގެ ޙާލަތު އެއްވެސް ވަރަކަށް ބެލުމެއް ނެތިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
14%
7%
5%
60%
9%
5%
ކޮމެންޓް
12 ޑިސެންބަރ 2020 | ހޮނިހިރު 21:00
ދެރަ،ކަމެެއް
ކުރީގެ ސަރުކާރުން ދީފައިވާ ފުލެޓު ގަވެސް އެބަހުރި އޮޅުވާލުން ތަކެއް ނަމަވެސް ދެރަކަމަކީ މިހާރު މިހިގާ ސަރުކާރުން މާބޮޑަށް އޮޅުވާލާފަ ހުރިކަން ހިތައް އެރި ބަޔަކަށް ފުލެޓް ދީފައިވާކަން ހިތާމައިގެ ކޮޅެއް ނެތް
12 ޑިސެންބަރ 2020 | ހޮނިހިރު 18:16
ާިަްއައިސަތު
މިޙަބަރު ލިއުނު ނޫސްވެރިޔާ އަށް ވާނުވާ އިނގިގެންތަ ޙަބަރު ލިޔެފަ މިޔޮތީ
11 ޑިސެންބަރ 2020 | ހުކުރު 14:01
ޙުރހބލނވެސ ކނކުރަނ ތއސލުނ
11 ޑިސެންބަރ 2020 | ހުކުރު 13:59
ޢަހހހހހ ހްމަދު
މިސަރުކާރުން ވަނީ މިފްލެޓް ތައްވެސް ދަވާލާފަ
11 ޑިސެންބަރ 2020 | ހުކުރު 01:15
އަންނި
މި ސަރުކާރުންވެސް ދިތިއުޅުމުގެ ހާލަތައް ޕޮއިންޓް ދީފަ ހުރީ ހިތު ހުރި ގޮތަކަށް. ޙާލަތު ބަލަން ފޮނުވީ މީހުންގެ ކިރުބޯ ޅަކުދިން. ޢެމީހުނަކަށް ވާއެއް ނުވާއެއް ނޭނގޭ
10 ޑިސެންބަރ 2020 | ބުރާސްފަތި 23:32
މަންޖަމެން ތީ ހަމަބައެއްނޫން ޗައިނާއިން ލޯނު ނަގައިގެން ހެދިހާ ފުލެޓް ތަކުން އިބޫ ސޯލިހުގެ އާއިލާއަށް ރައިސްޔާމީން ދެއްވަން ކަޑައަޅުއްވި ނަން ލިސްޓް މިލިޔެލަނީ . އާއްމުކޮއް ފަވާވަގުތީލިސްޓް ބައްލަވާލައްވާ . ނުކުޅެދޭ މީހުން ގެ ކެޓަގަރީ ނޫރާނީ އާގޭއަހުމަދުބެ . ނޫރާނީގޭ އިތުރު ކުއްޖެއް ކާކުގެ ދަރިއެއް ކަމެއް ނޭގޭ ދޭލިޔާއަހުމަދުބެ ހިކަރި ހަލީމާމުހައްމަދު ދޭލިޔާއާގޭ ރުޚްޝާނާ ބޮޑުބޭބެގެ އަލީ ސޯލިހަށް ބަ ފައިކިޔާކުއްޖެއް . އަދިވެސް އަދިވެސް . ލިސްޓުން ޖެހޭނީ ވަރަށް ގަދައަށް ދެލޯ ޖަހާބަލަން . ކަބޮލޮ މިއީ ގެދޮރު ނެތް ބައެއްނޫން . މިއިން ކޮންމެ މީހެއްގެ އަމިއްލަ ގެދޮރު ހުންނާނެ . ހިންނަވަރު ލިޔެ ފަ ދެން ލިޔެވި ފަ ހުންނާނީ އިބޫ ސޯލިހަށް ތިމާގެ މީހުން .
10 ޑިސެންބަރ 2020 | ބުރާސްފަތި 22:28
ކިޔުން
ހުޅުމާލޭ ދެވަނަ ފިޔަވަހިން ވެސް ގޯތި ދީފައި ހުރީ ޔާމީން ބޭނުން ބަޔަކަށް. އަހަރުމެން ވެސް އެތަނުން ގޯއްޗެއް ވިޔަސް ބޭނުން ގަންނަން. އެވަރު ވެސް ނުވާތީ މައްސަލަ އަކީ.
10 ޑިސެންބަރ 2020 | ބުރާސްފަތި 21:20
މޫސަ
ޕީޕީއެމް ކުދިންކޮޅު ޖަމިއްޔާ ހަދައިގެން ހައްގުހޯދަން ނުކުމެ....... ކޮތަރުކޮށި 10ވައިބަރ ގުރޫޕުހަދައިގެން.....