ކ. މާލެ
|
7 ޑިސެންބަރ 2020 | ހޯމަ 23:07
ޝެފް ނައްބެގެ ގިތެޔޮ މިރުސް ސޯސް، އަނބު އަދި އަލަނާސި ފްލޭވާސް
ޝެފް ނައްބެގެ ގިތެޔޮ މިރުސް ސޯސް، އަނބު އަދި އަލަނާސި ފްލޭވާސް
ރާއްޖެއެމްވީ
ދިވެހި ރަހަތައް
ޝެފް ނައްބެގެ "އަރބަނޭރޯ ސޯސް" ގަންނަ މީހުންގެ ކިއުއަށް ނިމުމެއް ނެތް!
 
100 ޕަސެންޓް ދިވެހި އުފެއްދުމެއް
 
އެމްއެޗްއޭ، ސިފްކޯ، ނަޝީ ކޭކްސް އަދި އޯތެންޓިކް މޯލްޑިވްސް އިން ލިބެން ހުންނާނެ
 
އަރބަނޭރޯ ސޯސް ތައާރަފު ކުރިފަހުން ވަރަށް ޑިމާންޑް ބޮޑުކަމަށް ބުނި

މުޅިން އަލަށް ރާއްޖެއަށް 13ކިލޯގެ ޖަޔަންޓް ބާގާ ތައާރަފު ކުރި މުހައްމަދު ނަބީލް އަކީ އެންމެންވެސް ދަންނަ ކުޅަދާނަ ޝެފެކެ އެވެ. ނަބީލްގެ ބިޔަ ބޮޑު ނުވަތަ، "ބާތްޑޭ ބާގާ" އާއި އެކު އޭނާގެ ނަން އިތުރަށް އާންމުންގެ ތެރޭގައި މަގުބޫލުވެގެން ދިއައެވެ. އަނެއްކާ ވެސް މިއޮތީ ނަބީލްގެ މުޅިން އައު އުފެއްދުމެކެވެ.

ތަފާތު ގިނަ ވައްތަރުތަކުގެ ރަހަތަށް ދިވެހިންނަށް ތައާރަފު ކޮށްދެމުން އަންނަ ކިވީ ބޭކަރސްގެ ވެރިފަރާތް، ނަބީލް ދަނީ އޭނާގެ ކެއްކުމުގެ ހުނަރުތަށް ފުޅާކޮށް، ގިނަ ވެރައިޓީ ތަކެއް ދިވެހިންނަށް ތައާރަފް ކޮށްދެމުން، ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންނެ އެވެ. ބަދިގެ ތެރޭގެ އުނގެނުން ނިމުމަކަށް ނާންނަކަން ސާބިތުކޮށްދެމުން އަންނަ ނަބީލް ވަނީ ދާދި ފަހުން ދިވެހިންގެ ރަހަތަކާ ކުޅެލި އައު އުފެއްދުމެއް ތައާރަފު ކޮށްފައެވެ.

"އަރބަނޭރޯ ސޯސް" ނަމަކަށް ކިޔާ މި "ހޮޓް ސޯސް" ނޫނީ ގިތެޔޮ މިރުސް ސޯސްގެ ތަފާތު ރަހަތައް ނުވަތަ "ފްލޭވާސް" ނަބީލް "އެކްސްޕެރިމެންޓް" ކުރަން ފެށީ، ފިހާރަތަކުން އެކި ބްރޭންޑް ތަކުގެ ލޮނުމިރުސް ފެނުނު ހިސާބުންނެވެ. އެހިސާބުން ތަފާތު ރަހައެއްގެ އަޖުމަ ދިވެހިންނަށް ދައްކާލަން އަމާޒު ހިފިއެވެ.

އަދި މިހާ ތަނަށް ފްލޭވާޑް ސޯސްއެއް ތައާރަފު ވެފައި ނުވާތީ ނަބީލް ބޭނުންވީ އުފެއްދުންތެރި ރަހަތަކެއް ދިވެހި މަރކެޓަށް ތައާރަފު ކޮށްދޭށެވެ.

ނަބީލްއަށް، އެންމެން ހައިރާން ކޮށްލި ކާމިޔާބު ރެސިޕީ "ޕާފެކްޓް" ކުރެވުނީ މަހެއްހާ ދުވަސް ވަންދެން އެކި ރެސިޕީތައް ޓްރައި ކޮށް، އެތައް އުނދަގޫ ތަކާއި ކުރިމަތިވި ފަހުން ކަމަށް އޭނާ ބުންޏެވެ.

އެކްސްޕެރިމެންޓް ސްޓޭޖުގައި މުޅި މީހާ ހަލާކުވެގެން އުޅުނީ، މިރުސް ކޮށާ، އިންގްރިޑިއެންޓުތައް ބްލެންޑް ކުރި އިރު މިރުސްތައް މޫނަށް ބުރާ. މިކަހަލަ ކަންތައް ދިމާވި ވަރަށް. އެއް މަސް ދުވަސް ވަންދެން ބެލިން އެކި އެކި ރެސިޕީ ހަދައި، ހުރިހާ ރަހަ ތަކެއް ފުރިހަމަ ރެސިޕީ އެއް ޕާފެކްޓް ކުރަން.
މުހައްމަދު ނަބީލް، ކިވީ ބޭކާސްގެ ވެރިފަރާތް

އެއް މަސް ދުވަހުގެ ބުރަ މަސައްކަތަށް ފަހު ނަބީލް ތައާރަފުކުރީ އަލަނާސި، އަނބު، އާފަލު އަދި ޕެއާސް ފްލޭވާސްއެވެ. އަންނަ އޯޑަރުތަކަށް ބަލާފައި އެންމެ ޑިމާންޑްބޮޑު ފްލޭވާތަކަކީ އަނބު އަދި އަލަނާސި "އަރބަނޭރޯ ސޯސް" ކަމަށް ޝެފް ބުނެއެވެ. އެހެންކަމުން ނަބީލް މިހާރު ތައްޔާރުކުރަނީ ހަމަ އެކަނި މި ދެ ވައްތަރެވެ.

މި އުފެއްދުން އެންމެނަށްވެސް "ވަރަށް ބޮޑަށް" ކަމުދިޔަ ކަމަށް އޭނާ ބުނެ އެވެ. ނަބީލްއަށް މި ދަތުރުގައި އާއިލާ އަދި ރައްޓެހިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނެވެ.

ނަބީލް ބުނިގޮތުގައި ސޯސް ގަނެގެން ޓްރައި ކުރާ މީހުންގެ ފަރާތުން ވަރަށް ޕޮސިޓިވް ރެސްޕޮންސް ލިބެ އެވެ. ރަހަތައް "އައުޓް އޮފް ދިސް ވޯރލްޑް" އޭ ބުނެ ތައުރީފް ކުރާ މީހުންވެސް މަދެއްނޫން ކަމަށް ނަބީލް ބުނެ އެވެ.

އިޓް ވޯސް އަ ބްލާސްޓް! އެންމެނަށްވެސް ވަރަށް ކަމުދިޔަ، އެންމެ ކައިރި ރައްޓެހިންނާ އާއިލާ މީހުންގެ ފަރާތުން ވަރަށް ސަޕޯޓު ލިބުނު. މި ސޯސް އަކީ ވަރަށް ކުޅި، ނުވަތަ "އެކްސްޓްރީމްލީ" ކުޅިކޮށް ކާހިތްވާ ކުދިންނަށް ވަރަށް ކަމުދާނެ ޕްރޮޑަކްޓެއް. ކުރިއަށް އޮތްތާގައި އިތުރު ފްލޭވާސް އިންޓްރޮޑިއުސް ކުރާނަން
މުހައްމަދު ނަބީލް، ކިވީ ބޭކާސްގެ ވެރިފަރާތް

100 ޕަސެންޓް ދިވެހި މިރުސް ބޭނުން ކޮށްގެން އުފައްދާ "އަރބަނޭރޯ ސޯސް" ގެ އަލަނާސި އަދި އަނބު ފްލޭވާސް ނަޝީ ކޭކްސް، އެމްއެޗްއޭ، ސިފްކޯ އަދި އޯތެންޓިކް މޯލްޑިވްސް އިން ލިބޭނެ ކަމަށް ނަބީލް ބުނެއެވެ.

ނަބީލްގެ "އަރބަނޭރޯ ސޯސް" ޕްރޮމޯޓް ކޮށްދިނުމަށް ދާދި ފަހުން އޯތެންޓިކް މޯލްޑިވްސްގެ އިސްނެގުމަކަށް ވަނީ ހުޅުމާލޭގައި ފްރީ ސާމްޕްލިންގ އޮފަރެއް ހުޅުވާލާފައެވެ. ފްރީ ސާމްޕްލިންގް ލިބުނު ފަރާތްތަކުންވެސް ވަނީ ނަބީލްގެ އުފެއްދުމަށް ތައުރީފްކޮށް، ރަހަތަށް ވަރަށް ކަމުދިޔަ ކަމަށް ބުނެފައެވެ. ކާމިޔާބު ސާމްޕްލިންގ ބުރަކަށްފަހު ޝެފްގެ "އަރބަނޭރޯ ސޯސް" އޯޑަރު ކުރާ މިންވަރުވެސް ވަނީ އިތުރު ވެފައެވެ.

އިތުރު ފްލޭވާސް ތައާރަފު ކުރުމުގެ ހިޔާލު ގެންގުޅޭކަމަށް ބުނުމަކީ ޝެފް ނަބީލްގެ "އަރބަނޭރޯ ސޯސް" ކަމުދިޔަ އެންމެނަށްވެސް ވަރަށް އުފާވެރި ހަބަރަކަށް ވާނެކަން ޔަގީނެވެ.

މީގެ އިތުރުން ޝެފް ނަބީލް އަންނަނީ ސިއްހަތައް ފައިދާކުރާ ކެއުން އިޚްތިޔާރުކުރާ ފަރާތްތަކަށް "ނެޓްފްލިކްސް ފޯ ފުޑް"، ސަބްސްކްރިޕްޝަންގެ އުސޫލުން ޑަޔަޓް މީލް ޕްލޭނަށް އެކިކަހަލަ ޑިޝްތައް ޑިލިވާ ކޮށްދެމުންނެވެ.

ޝެފް ނައްބެގެ ސަބްސްކްރިޕްޝަން ޕެކޭޖު

ނަބީލްގެ މެނޫއިން ފާހަގަކޮށްލެވޭ އިތުރު ބެސްޓް-ސެލާސް އަށް ބަލާލާނަމަ، ލަޒާނިޔާ، ސްޕައިސީ މީޓްބޯލްސް ސްޕެގެޓީ، ފެޓުޗީނީ އަލްފްރެޑޯ، ކާބޮނާރާ، ކެނެލޮނީ، ރޯސްޓް ޗިކަން ހެރިސާ ފަދަ ޑިޝްތައް ހިމެނެއެވެ. ކިވީ ބޭކާސްގެ ޖަޕަނީސް، އިޓަލިއަން އަދި އެހެނިހެންވެސް ކުޒިންތަކުގެ ޑިޝްތައް އަވަސް ފުޑް އެޕުންވެސް އޯޑަރު ކޮށްލެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
14%
0%
0%
57%
29%
ކޮމެންޓް