ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 10:12
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ސީޑީއާރުއައި މުއާހަދާގައި ބައިވެރިވުން
ސީޑީއާރުއައި ގައި ބައިވެރިވެ މުއާހަދާ އޮތްގޮތް ބަދަލުކުރުމުގައި ރާއްޖެއިން މަސައްކަތްކުރަންޖެހޭ: ރައީސް ނަޝީދު
 
މުއާހަދާގައި ބައިވެރިވުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް

ޗާޓަރ އޮފް ދަ ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީ.ޑީ.އާރު.އައި)ގައި ރާއްޖެއިން ބައިވެރިވެ އެމުއާހަދާ މިހާރު އޮތްގޮތް ބަދަލުކުރުމުގައި ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާއަށް ސީޑީއާރުއައި ގައި ބައިވެރިވުމާއި ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމަށް ވަނީ އެޖެންޑާކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ ދެމެހެއްޓެނެވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި މޫސުމާއި ކާރިސާތަކުން އަރައިގަނެ ގައުމުތަކުގެ ކަންކަން ވަރުގަދަކޮށް ކުރިއެރުމަށްޓަކައި ގައުމުތަކާއި އދ ގެ އެޖެންސީތައް ޕްރޮގްރާމްތަކާއި މަލްޓިލޭޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި މާލީ އިންތިޒާމުތަކާއި ޕްރައިވެޓް ސެކްޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭގޮތުން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ޕަރޓްނަރޝިޕެއް ކަމުގައިވާ ޗަރޓަރ ފޮރދަ ކޯލިޝަން އޮފް ޑިޒާސްޓަރ ރެޒިލިއަންޑް އިންފްރާސްޓަރަކްޗަރ ގައި ސީޑީއާރުއައި ގައި ބައިވެރިވުމާއި ގުޅޭގޮތުން 13 އޮކްޓޯބަރ ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު މިމުއާހަދާގައި ބައިވެރިވުމުގައި ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މިކަމާއި ގުޅޭގޮތުން މަޖިލީހުން ދިރާސާކޮށް ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގަންނަވާފައެވެ.

މިމުއާހަދާގައި ބައިވެރިވުމުގެ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށެވެ. މިމައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުއްވަވަމުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖޭގައި މިހާރު ބިނާކުރަންޖެހޭ އުމްރާނީ އެކިއެކި ވަސީލަތްތައް ބިނާކުރެވެން ޖެހެނީ ވަކި ބާވަތެއްގެ ގޮތަކަށް ކަމަށެވެ. މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިކަމާއި ގުޅޭގޮތުން އެކި ފަހަރު އެކި ރިޕޯޓް ހެދިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ކްލައިމެޓް ޗޭންޖް ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރޭ. ކޮމިޓީގެ މިބައްދަލުވުމުގައި އަލިއަޅުވާލާނީ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބޭނުންވާ މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި ހަމައެކަނި މުއާހަދާގައި ބައިވެރިވާންވީކީ ނޫން. މުއާހަދާ އޮތްގޮތް ބަދަލުކުރަންވީ. މުއާހަދާ ގޯސްކޮށް އޮތީ. ބައިނަލްއަގްވާމީ މަޝްރަހުގައި އެކަމުގައި ލީޑަރ ޝިޕެއް ދުނިޔެއަށް ރާއްޖެއިން ދައްކަންޖެހޭ. މޫސުމަށް ބަދަލު ނައިސް އުމްރާނީ ތަރައްޤީ ގެންނާނީ ކިހިނެއްތޯ. މިހަދާ ބާވަތުގެ އެހެން ތަންތަން ހެދީމާ ވާގޮތާއި ގުދުރަތީ ވަސީލަތްތަކަށް ވަނީ ކިހިނެއްތޯ. މިކަންކަމަކީ ދުނިޔެއަށް ރާއްޖެއިން މިސާލުދެއްކޭނެ ކަންކަން ކަމުގައި ދެކެން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މިމުއާހަދާގައި ބައިވެރިވެ މިކަމުގައި ރާއްޖެއިން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް