އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ދަނޑުވެރިކަމަށް ފަޅުރަށް ބީލަމަށް ހުޅުވާލުން

ދަނޑުވެރިކަން ކުރުމަށް ބީލަމަށް ހުޅުވާލި 6 ރަށުގެ ބިޑް ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފި

  • 6 ފަޅުރަށެއް ބީލަމުގެ އުސޫލުން 21 އަހަރަށް ދޫކުރުމަށް ވަނީ ނިންމާފައި
  • އެގްރިކަލްޗަރ މިނިސްޓްރީން ކަނޑައަޅާފައިވާ ބައެއް ބާވަތްތައް ހައްދަންޖެހޭ
  • ބިޑް ހުށަހަޅަންޖެހޭ ތާރީޚު 27 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:00 އަށް

ކ. މާލެ | 1 ޑިސެންބަރ 2020 | އަންގާރަ 08:31 | 3,556

ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކުރުމަށް ދޫކުރާ ރަށްތަކެއް - ރާއްޖެއެމްވީ

ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ކުއްޔަށް ދިނުމަށްޓަކައި ހުޅުވާލި 6 ރަށަށް ބިޑް ހުށަހަޅަންޖެހޭ ތާރީޚު 27 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

މިގޮތަށް ނިންމީ ބިޑާއި ގުޅިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރީ-ބިޑް މީޓިންގް 3 ދުވަހުގެ މުއްދަތަށް ފަސްކުރެވިފައި ވުމުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅޭގޮތުން ޕްރީބިޑް މީޓިންގ ބާއްވާފައިވަނީ 25 ނޮވެމްބަރުގަ އެވެ. އެހެންކަމުން އެ މިނިސްޓްރީއަށް ބިޑް ބަލައިގަތުމުގެ އިންތިޒާމް ކުރެވިފައިވާ ގޮތުގެ މައުލޫމާތު ބީލަން ކަރުދާސް ބައްލަވައިގަންނަވާފައިވާ ފަރާތްތަކާއި ހިއްސާ ކުރާނެ ކަމަށްވެސް އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 ފަޅު ރަށެއް ބީލަމުގެ އުސޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދޫކުރާ ހަތް ރަށަކީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ނ. ނެޔޮ، ބ. މާއްޑޫ، ނ. ތޮޅެންދޫ، ގއ. އޮއިނިގިއްލާއެވެ.

މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމެވެ. އަދި ކޯލި އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމަކީ ވެސް މަގުސަދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަ ކުރުމަށް ބާރު އެޅުމުގެ ގޮތުން މި ރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރިއެވެ. މި ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ. އަދި އުފައްދާ ތަކެތީގެ އިތުރު ތަފްސީލް ވެސް އެ ފަރާތްތަކަށް ބީލަށް ކަރުދާހުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.