އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
ޑީއީޑީގެ އޮޕަރޭޝަން

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ގެތަކުން 69 ހާހަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

  • އަޮޕަރޭޝަން ފެށީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު
  • ރާއްޖޭގެ ހަތަރު މީޑިއާކުން ވަނީ ބައިވެރިވެފައި
  • 829 މީހަކު ބަލާ ފާސްކޮށްފައިވޭ

ކ. މާލެ | 1 ޑިސެންބަރ 2020 | އަންގާރަ 08:18 | 19,140

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަނެއްގައި، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް - ރާއްޖެއެމްވީ

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) އިން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހިންގަން ފެށި އޮޕަރޭޝަން ގައި މިހާތަނަށް 69،500 ނަގުދު ފައިސާ ހޯދައިފިއެވެ.

ފުލުހުންގެ އޮޕަރޭޝަން ގައި ފުރަތަމަ ފަހަރަށް މީޑިއާ ބައިވެރިކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 26 އިން 29 އަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ހަތަރު މީޑިއާ އެއް ވަނީ ބައިވެރިކޮށްފައެވެ. އެއީ ސަން އޮންލައިން، މިހާރު އޮންލައިން، ޕީއެސްއެމްގެ އިތުރުން ރާއްޖެ ޓީވީންނެވެ.

ޑީއީޑީން ބުނީ، އެ އޮޕަރޭޝަން ގައި އާދިއްތަ ދުވަހާ ހަމަޔަށް 829 މީހަކު ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 720 ފިރިހެނުން އަދި 37 ފިރިހެނުން ހިމެނެއެވެ. އޭގެ އިތުރުން 11 ކުޑަކުދިންގެ އިތުރުން 61 ބިދޭސީއަކު ވަނީ ބަލާ ފާސްކޮށްފައެވެ. މި މީހުންގެ ތެރެއިން ގިނަ މީހުންނަކީ 26 އަހަރާއި 40 އަހަރާއި ދެމެދު އުމުރުފުރާގެ މީހުންނެވެ. އެގޮތުން އެ އުމުރުފުރާގެ 418 މީހަކު ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.

ޑީއީޑީގެ އޮޕަރޭޝަން ގައި ބަލާ ފާސްކުރި ތަންތަނުގެ ތެރޭގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުން އެންމެ ގިނައިން ޖަމާވާ މއ. ސައްމާމުގެ، މއ. އަބާގެ، މ. ބްރައިޓް ފްލާވާގެ އިތުރުން މއ. ހުދުއަކިރި ހިމެނެއެވެ. އޭގެ އިތުރުން ގ. ފްރެޝް ލައިޓް، ގ. މެރިން ނައިޓްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ބޮޑު އައްޑާ ތަކުގެ ތެރޭގައި ހިމެނޭ މއ. ޓްވައިލައިޓް ހިމެނެއެވެ. ހ. ކަނޑުފީނިގެ، މ. ދެރަހާ، މ. ފެޝަން މީޑްގެ އިތުރުން ހ. އަޒިލިއްޔާ އަކީވެސް ފުލުހުން ބަލައި ފާސްކޮށްފައިވާ ގެތަކެވެ.

މި ގެތަކުގެ ތެރެއިން ގިނަ ގެތަކަކީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުންދާ ތަންތަނެވެ. ފުލުހުންގެ އޮޕަރޭޝަން ފެށި ފަހުން މިފަދަ ބައެއް ''އައްޑާތައް'' ގޭގެ ވެރިފަރާތުން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ މިފަދަ އައްޑާ ތަކެއް ދަނީ މާލޭގައި ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ރިޒުނާ ޒަރީރު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.