ކ. މާލެ
|
1 ޑިސެންބަރ 2020 | އަންގާރަ 08:16
އައްމާރު އަލީ ޖަން
އައްމާރު އަލީ ޖަން
ޓްވިޓަރ
ޕާކިސްތާނުގެ ދަރިވަރުންކުރާ އިހްތިޖާޖުތައް
ހިލޭ ތައުލީމް ދޭން ގޮވާލައި މުޒާހަރާކުރި ޕާކިސްތާނުގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
 
މީގެ ކުރިންވެސް ފުލުހުން ވަނީ ދަރިވަރުން ބޭއްވި އިހްތިޖާޖުތައް ރުޅާލާފައި
 
30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އަމުރު ނެރުނު
 
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވަނީ ކިޔާފައި

ހިލޭ ތައުލީމް ފޯރުކޮށްދޭން ގޮވާލައި ދަރިވަރުންގެ ހައްގުގައި ޕާކިސްތާނުގައި އަޑު އުފުލި ދަރިވަރުންގެ ހަރަކާތެއް ކަމަށްވާ ''ހަގޫގްއަ އިޙްލާގް'' ޙަރާކަތުގެ ރައީސް އަދި އެކްޓިވިސްޓް އައްމާރު އަލީ ޖަން ހައްޔަރުކުރުމުގެ އަމުރެއް ވެރިރަށް ލާހޯރުގެ ފުލުހުން ނެރެފިއެވެ.

މިދިޔަ ހުކުރު ދުވަހު ދަރިވަރުންގެ ހައްގުގައި ކުރި އިހުތިޖާޖު ގައި ދަރިވަރުންގެ އިތުރުން ސަތޭކައެއްހާ އެކްޓިވިސްޓުން ބައިވެރިވިއެވެ. ސްޓޫޑެންޓް އެކްޝަން ކޮމިޓީ (އެސްއޭސީ) އިން ރޭވި ހިނގާލުން ފަހުން ބަދަލުވީ ރެލީ އަކަށެވެ. އެ ރެލީގައި އައްމާރު ވަނީ ޔުނިވާސިޓީގެ ދަރިވަރުންނަށް އަޑުއުފުލުމުގެ ފުރުސަތު ނުދޭތީއާ، ދަރިވަރުންނަށް އެހީވެދޭތީވެ ޓީޗަރުން ވަކިކޮށްފައިވާ ކަމަށް ބުނެފައެވެ.

ޕާކިސްތާނުގެ ޑޯންއިން ރިޕޯޓްކޮށްފައިވާ ގޮތުުން އައްމާރު ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ރެލީ އަށް ފަހުއެވެ. އަދި އެ އަމުރު ނެރުނީ ޑެޕިއުޓީ ކޮމިޝަނަރު މުދައްސިރު ރިއާޒް މަލިކް އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން އާއްމުންގެ ތެރޭގައި އައްމާރު އުޅުމަކީ ނުރައްކަލެއް ކަމަށެވެ. ހައްޔަރުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން އެ އަމުރުގައި ވަނީ ބުނެފައެވެ. ރެލީ ނިމެން އުޅެނިކޮށް ފުލުހުންގެ ބޮޑު ފައުޖެއް އެ ސަރަހައްދަށް ގޮސް އައްމާރުގެ ފަހަތުން އޭނާ އަށް ފާރަލުމަށް ފަހު ހައްޔަރުކުރީ ގުލްބާގް ސަރަހައްދުގެ ޕޮލިސް ޗެކް ޕޯސްޓުންނެވެ.

އައްމާރު ހައްޔަރުކޮށްފައިވާއިރު، މިދިޔަ އަހަރު ދަރިވަރުންތަކެއް ބޭއްވި ސުލްހަވެރި އެއްވުމެއް ބާރުގެ ބޭނުންކޮށްގެން ފުލުހުން ވަނީ ރޫޅާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
33%
67%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް