ކ. މާލެ
|
30 ނޮވެންބަރ 2020 | ހޯމަ 22:19
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު 13،000ން މައްޗަށް!
 
ހޮސްޕިޓަލުގައި 95 މީހަކަށް ދަނީ ފަރުވާދެމުން
 
މާލެ އޭރިއާއިން 15 މީހަކު ވަނީ ޕޮޒިޓިވް ވެފައި
 
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 13،011

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 17 މީހުން ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 13،011ށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ އޭރިއާއިން ޕޮޒިޓިވްވި 15 މީހަކާއި މީހުން ދިރިއުޅޭ ރަށަކުން ޕޮޒިޓިވްވި މީހެއްގެ އިތުރުން ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ވަނީ 1499 މީހުންގެ ސާމްޕަލް ޓެސްޓް ކުރެވިފައިވާއިރު، އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް މި އަދަދަށް ސާމްޕަލްތައް އަންނަނީ ޓެސްޓުކުރަމުންނެވެ. އަދި މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 244،621 ސާމްޕަލެއް ޓެސްޓު ކޮށްފައެވެ.

މި ބަލި ޖެހުނު އިތުރު 37 މީހެއްގެ ބަލި ފަސޭހަވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިހާތަނަށް މި ބަލި ޖެހުނު 11،939 މީހެއްގެ ބަލި ފަސޭހަވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1،019ށް ތިރިވެފައެވެ. އޭގެ ތެރެއިން 95 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި ބާއްވައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް