ކ. މާލެ
|
30 ނޮވެންބަރ 2020 | ހޯމަ 19:17
ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ސަން އޮންލައިން
ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވުން
ބަލިމަޑުކަމުން ހުއްޓުވާލި ސިނާއަތް އަލުން ހިނގައިގަންނަނީ
 
ނޮވެމްބަރު މަހު އެކަނިވެސް 32,241 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި
 
ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްދުވަހާ އައިސްފައި ވަނީ ނޮވެމްބަރ މަހުގެ 28 ގައި
 
ބޯޑަރު ހުޅުވާލިފަހުން ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 72,623 ފަތުރުވެރިން އައި

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުުރުވެރިކަން ހުއްޓިފައި އޮތުމަށް ފަހުން އަލުން ފަށާފައިވާއިރު، މިހާތަނަށް 70،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިފަހުން ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 72,623 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އެގޮތުން ބޯޑަރު ހުޅުވާލުމާއި އެކު ޖުލައި 15 ދުވަހުން އެމަހުގެ 31 ވަނަ ދުވަހަށް 1,701 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އޮގަސްޓް މަހު 7,628 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ސެޕްޓެމްބަރ މަހު 9,538 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އޮކްޓޫބަރ މަހު 21,515 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްދުވަހާ އައިސްފައި ވަނީ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ 2,266 ފަތުރުވެރިންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ނޮވެމްބަރު މަހު އެކަނިވެސް 32,241 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޖުލައި 15 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެ އަށް އައިސްފައި ވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން މިހާތަނަށް 16,285 ފަތުރުވެރިން އައިސްފައިވާ އިރު، މިއީ ރާއްޖެ އައި ފަތުރުވެރިންގެ 22.4 އިންސައްތައެވެ.

އިންޑިއާގެ 8,690 ފަތުތުވެރިން 12 އިންސައްތަ ހިއްސާކުރާ އިރު، އިނގިރޭސިވިލާތުގެ 5,312 ފަތުރުވެރިން ނަކީ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 7.3 އިންސައްތައެވެ. އަދި އެމެރިކާގެ 5,218 ފަތުރުވެރިން 7.2 އިންސައްތަ ހިއްސާކުރާ އިރު، ޔޫއޭއީ އިން އައި 4,471 ފަތުރުވެރިން ހިއްސާ ކުރަނީ 6.2 އިންސައްތައެވެ.

ބޯޑަރު ހުޅުވާލިފަހުން ނޮވެމްބަރ 28 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ ފަސް އިންސައްތަ ޖަރުމަނުން ހިއްސާ ކުރާ އިރު، ޖަރުމަނުން 3,626 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ޔޫކްރެއިން އިން 2,661 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެގައުމުގެ ފަތުރުވެރިންނަކީ ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ 3.7 އިންސައްތައެވެ. ފްރާންސް އިން 2,153 ފަތުރުވެރިން އަދި ސްޕެއިން އިން 2,087 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، ފްރާންސް އިން ހިއްސާކުރަނީ ރާއްޖެ އައި ފަތުރުވެރިންގެ ތިން އިންސައްތައެވެ. އަދި ސްޕެއިން އިން ހިއްސާކުރަނީ 2.9 އިންސައްތައެވެ. ބްރެޒިލް އިން މިހާތަނަށް 1,987 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މިއީ ރާއްޖެ އައި ފަތުރުވެރިންގެ 2.7 އިންސައްތައެވެ.

ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު، ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުން އެއީ ރާއްޖެއާއި މެދު ފަތުރުވެރިންގެ މެދުގައި އޮތް އިތުބާރު ހިފޭއްޓިފައިވާކަން ރަމްޒުކޮށްދޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް