ކ. މާލެ
|
30 ނޮވެންބަރ 2020 | ހޯމަ 16:47
އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)
އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ)
ޔޫސުފް ސޮފްވާން ރަޝީދު
އެސްޑީއެފްސީގެ ކޮރަޕްޝަން މައްސަލަ
ރިޝްވަތު ދީގެން އެސްޑީއެފްސީން ލޯނު ހޯދާ ކަމުގެ މައްސަލައެއް ފެންމަތިކޮށްފި
 
މި ތުހުމަތުތަކާއި ގުޅިގެން މިހާތަނަށް އެސްޑީއެފްސީން އެއްވެސް އެއްޗެއް ބުނެފައެއް ނުވޭ
 
މިފަދަ ކުންފުނިތަކުގެ އޮޑިޓެއް ހެއްދެވުމަށް އޮޑިޓަރ ޖެނެރަލަށް ވެސް ގޮވާލެއްވި
 
މިކަން ފާހަގަކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް

އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) ން ވިޔަފާރި އުސޫލުން ލޯނު ދޫކުރާ ކަމުގެ ތުހުމަތު ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް އެކުލަވާލި ކޮމިޓީ ރިޕޯޓަށް ވާހަކަދައްކަވަމުން އޭނާ ވަނީ އެ ކުންފުންޏަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަތައްވެސް ފާހަގަކުރައްވާފައެވެ.

މި ކުންފުންޏަށް މީހަކު ހުށައެޅީ ޕްރޮޕޯސަލެއް. އޭނައަށް ލިބުނު ޖަވާބަކީ އެ ފީސިބްލްއެއް ނޫނޭ. ހަމަ އެ ޕްރޮޕޯސަލް އެހެން މީހަކަށް ދިނީ، ފީސިބަލް ވެއްޖެ. ފީސިބަލްވީ ކިހިނެއްތޯ؟ 90،000 ރުފިޔާ އެތަނުގައި ތިބި މީހުންނަށް ދައްކައިގެން.
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް

އޭނާ ވިދާޅުވި މިފަދަ ކަންތައްތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިފަދަ ކަންތައްތައް ސަރުކާރުން ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ކުންފުނިތަކުގެ އޮޑިޓެއް ހެއްދެވުމަށް އޮޑިޓަރ ޖެނެރަލަށް ގޮވާލެއްވިއެވެ.

ބަޖެޓް ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރުން ވަނީ ދައުލަތުގެ ކުންފުނިތަކުގައި އަދިވެސް ކޮރަޕްޝަން ނައްތާނުލެވޭ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން، މި މައްސަލަތައް ބަލަން ޖެހޭ މިންވަރަށް ނުބަލާ، މައްސަލަތައް ބެލުން ލަސްވާކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

ރިޝްވަތު ދީގެން އެސްޑީއެފްސީން ލޯނު ހޯދާ މައްސަލައަކީ އާއްމުންގެ ތެރޭގައި ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. މި މައްސަލައާއި ގުޅިގެން އެސްޑީއެފްސީގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ޒިނާދު އާއި ގުޅާލުމުން ފޯނު ނުނަންގަވާތީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
44%
6%
13%
25%
6%
6%
ކޮމެންޓް
1 ޑިސެންބަރ 2020 | އަންގާރަ 04:33
އަހުމަދު...ޖ
ޔާމީން އަކީ ތަރައްގީ ގެ ބާނީ އޯ،!!!!! ހީ ހީ ހަލާކު.... ވައްކަމުގެ ބާނީ... ކޮރަޕްޝަންގެ ގެ ބާނީ... އަނިޔާ ގެ ބާނީ... މިވަރުގެ ބޮޑު ވަގެއް ދިވެހިރާއްޖޭގެ ތާރީޚްގައި ވެސް މިހާތަނަށް ނުފެންނާނެ
30 ނޮވެންބަރ 2020 | ހޯމަ 22:05
ސިރާޖް
ސަރުކާރު ގެ ގިނަ މުއައްސަސާ ތަކުން ތިނޫން ހޮތަކަށް ކަމެއްކުރޭތަ ؟
30 ނޮވެންބަރ 2020 | ހޯމަ 17:40
ވަގުން ހައްތާވެސް.ތިނޫން ތަނެއް.ބިޑަކަށް ހުޅުވާލިޔަސް ރިޝްވަތު.ސަލާމަތެއްނެތް.ކަރަޕްޝަން އިންތިހާއަށް.މިވަރުގެ ބަޔަކު މިއުޅެނީ ޔާމިންގައިން ނުނެއްޓިގެން.ޔާމީން އަކީ ތަރައްގީގެ ބާނީ.