ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 16:57
ޑެޑްޕޫލް ގެ ޕޯސްޓަރެއް
ޑެޑްޕޫލް ގެ ޕޯސްޓަރެއް
ގޫގުލް
ޑެޑްޕޫލް 2
"ޑެޑް ޕޫލް"ގެ ދެވަނަ ބައި ނެރެނީ
 
ޑެޑްޕޫލްގެ ދެވަނަ ބައި ނެރޭނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް

މިދިޔަ އަހަރު ކުރީކޮޅު ނެރުނު "ޑެޑް ޕޫލް" ގެ ދެވަނަ ބައި  2018 ވަނަ އަހަރު ނެރޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ފިލްމުގެ ޕްރޮޑަކްޝަން ކަމަށްވާ މާވެލްއިން ބުނެފައިވަނީ ޑެޑްޕޫލްގެ ދެވަނަ ބައި ނެރޭނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ.

ޑައިރެކްޓަރު ޓިމް މިލާގެ ޑެޑްޕޫލް ވެފައިވަނީ މިދިޔަ އަހަރު ނިކުތް ފިލްމު ތަކުގެ ތެރެއިން  އެންމެ ކާމިޔާބު އެއް ފިލްމަށެވެ.  

ރާޔަން ރޭނޯލްޑްސް "ޑެޑްޕޫލް" ގައި އަދާ ކޮށްފައިވާ ރޯލު ފުރިހަމަ ކަމުން ގިނަ ބަޔެއްގެ ސަމާލުކަން އެ ފިލްމަށް ލިބިގެން ގޮސްފައިވެއެވެ. އެ ފިލްމަށް ވަނީ މިހާތަނަށް 700 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ޑެޑްޕޫލްގެ ފުރަތަމަ ފިލްމުގެ ކާސްޓުންގެ ތެރޭގައި މޮރޭނާ ބޮކަރޭން އާއި ޖީނާ ކަރާނޯ އާއި ބްރިއާނާ ހިލްޑަބްރޭންޑް އަދި އެޑް ސްކްރެއިން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް