ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 16:30
ޓިއުބްލައިޓްގެ ޕޯސްޓަރެއް
ޓިއުބްލައިޓްގެ ޕޯސްޓަރެއް
ގޫގުލް
ޓިއުބްލައިޓް
"ޓިއުބްލައިޓް" ޓްރެއިލާ އާންމު ކުރާނީ މެއި 10 ގައި
 
މި ފިލްމަށް ވަނީ ފިލްމު އަދި ޓްރެއިލާ ރިލީޒްކުރުމުގެ ކުރިންވެސް ބޮޑު އާމްދަނީއެއް ލިބިފައި

މިއަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖައްސާފައިވާ ސަލްމާން ޚާންގެ "ޓިއުބްލައިޓް"ގެ ޓްރެއިލާ މެއިމަހުގެ 10 ދުވަހު ރިލީޒްކުރަން ނިންމައިފިއެވެ.

ސަލްމާން ހާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ހާއްސަވާކަމަކީ އެ ޓްރެއިލާގައި ސަލްމާން މި ފިލްމުގައި ކުރާ މޮޅު އެކްޓިންގެ ކުޑަމިންވަރެއް ދައްކުވައިދޭތީ ކަމަށް އޭނާގެ ފޭނުން ބުނެއެވެ.  އަދި ހަނގުރާމައިގެ ތެރެއިން ސަލްމާނާއި ޗައިނާގެ އެކްޓްރެސް ޒޫޒޫ އާއި ދެމެދު އުފެދޭ ލޯބި ފެނިގެންދާތީއެވެ. މީގެ އިތުރުން ޝާހުރުކް ޚާން މިފިލްމުން ފެނިގެން ދާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ ކަބީރު ޚާން ވަނީ ބުނެފައެވެ.

މި ފިލްމަށް ވަނީ ފިލްމު އަދި ޓްރެއިލާ ރިލީޒްކުރުމުގެ ކުރިންވެސް ބޮޑު އާމްދަނީއެއް ލިބިފައެވެ.  މި ފިލްމަށް ވަނީ މިހާތަނަށް 227 ކްރޯޑް ރުޕީސް ލިބިފައެވެ. އެވަރުގެ ބޮޑު ފައިދާއެއް ޓިއުބްލައިޓަށް ލިބުނީ މިއުޒިކް ރައިޓްސް އާއި ތިއެޓްރިކަލް ރައިޓްސް ވިއްކާލައިގެންނެވެ.

މި ފިލްމު ތިއޭޓާގައި އެޅުވުމަށް އިންޑިއާގެ އެންއެޗް ސްޓޫޑިއޯޒް އަށް ވިއްކާލާފައި ވަނީ 132 ކްރޯޑް ރުޕީސްއަށެވެ. އަދި ޗައިނާގައި ފިލްމު އެޅުވުމަށް 75 ކްރޯޑް ރުޕީސްއަށް ވިއްކާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން ސޮނީ މިއުޒިކަށް 20 ކްރޯޑް ރުޕީސްއަށް ވަނީ ވިއްކާލާފައެވެ. ފިލްމު އެޅުވުމުގެ 3 މަހެއްހާ ކުރިން މި ފިލްމު މިހާ ބޮޑު އާމްދަނީއެއް ހޯދުމުން ކުރިއަށް އޮތްތަނުގައި އަދި މިއަށްވުރެ ދެގުނަ އާމްދަނީ ލިބޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ސަލްމާނާއެކު ކަބީރް ޚާން އުފެއްދި ތިން ވަނަ ފިލްމު، "ޓިއުބްލައިޓް" ގައި ސަލްމާނާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޗައިނާގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ޒޫޒޫ އެވެ. މި ފިލްމުގައި ސަލްމާންގެ ބޭބެގެ ރޯލުން އެއްބަނޑު އެއްބަފާ ކޮއްކޮ ސޮހެއިލް ޚާން ވެސް ފެނިގެންދާނެ އެވެ

އިންޑިއާ އާއި ޗައިނާއާ ދެމެދު ހިމާލިޔާ ބޯޑަރާ ހެދި 1962 އަހަރު ކުރިއަށް ދިޔަ ހަނގުރާމައިގެ ދުވަސްވަރު، އިންޑިއާގެ ޒުވާން ފިރިހެނަކާ ޗައިނާގެ ޒުވާން އަންހެން ކުއްޖަކާ ބައްދަލުވެ، އެ ދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި، ބޯޑަރުގެ މައްސަލަގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރިއަށް ދިޔަ ދަނޑިވަޅުގައި ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ވާހަކައިގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމުގައި ވަރަށް ގިނަ ވިޝުއަލް އިފެކްޓްސް މަންޒަރުތައް ފެނިގެންދާނެ އެވެ.

ވިޝުއަލް އިފެކްޓްސްގެ ގިނަ މަންޒަރުތަކެއް ފިލްމުގައި ހިމެނޭތީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކަށް ވަރަށް ގިނަ ވަގުތު ބޭނުންވާތީ ފިލްމުގެ ޝޫޓިން ވަނީ ލަފާކުރި ޝެޑިއުލަށް ވުރެ ކުރިން ނިންމާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް