އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ރަށްފަޅު ހުރާ 4

ރަށްފަޅު ހުރާ 4 ގައި ހިނގި ހަމަނުޖެހުން ހައްލުކޮށްފިން: ފުލުހުން

  • ހަމަޖެހުން ހިނގީ ބިދޭސީންގެ މެދުގައި
  • މި އަހަރުގެ ޖުލައި މަހު ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއްވެސް ވަނީ ހަމަނުޖެހުން ހިންގާފަ

ކ. މާލެ | 28 ނޮވެންބަރ 2020 | ހޮނިހިރު 22:10 | 5,546

ރަށްފަޅު ހުރާ 4، ރިސޯޓުގެ ކުރެހުމެއް - ގޫގުލް

މާލެ އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްފަޅު ހުރާ 4 ގައި މަސައްކަތްކުރާ ބިދޭސީންގެ މެދުގައި ހިނގި ހަމަނުޖެހުން ހައްލުކޮށްފައިވާ ކަމަށާއި، އެ ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރަށްފަޅު ހުރާ 4 ގައި މަސައްކަތްކުރާ ބިދޭސީންގެ މެދުގައި ހަމަ ނުޖެހުން ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު 13:20 ހާއިރުއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާއިން ހާމަކޮށްފައިވަނީ، ރަށްފަޅު ހުރާ 4 ގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ހަބަރު ލިބުމާއެކު ފުލުހުންގެ ފަރާތުން އެރަށަށް ގޮސް، އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އެރަށުގައި ހަމަނުޖެހުން ހިނގަން ދިމާވީ ކޮވިޑް-19 އާއި ގުޅިގެން މެނޭޖްމަންޓުގެ ފަރާތުން މުވައްޒަފުންނަށް ވަކި އުސޫލެއްގެ ތެރެއިން އަމަލުކުރުމަށް އެންގުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށް އެފަރާތުން ހޯދި ހޯދުންތަކުން އެނގޭ ކަމަށެވެ. އަދި މި މައްސަލަ ހިނގި ގޮތް ހޯދައި، އެކަމާ ގުޅިގެން ބަލަންޖެހޭ ބެލުންތައް މިހާރުވެސް ބަލަމުން އަންނަ ކަމަށެވެ.

ރަށްފަޅު ހުރާގައި މަސައްކަތްކުރާ ބިދޭސީންގެ މެދުގައި ހަމަނުޖެހުމެއް ހިނގާފައިވާއިރު، ދާދިފަހުން އެތަނުން ކޮވިޑް ކްލަސްޓަރއެއް ފާހަގަވިއެވެ.

މީގެ ކުރިން މި އަހަރުގެ ޖުލައި މަހު ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއްވެސް ވަނީ މުސާރައިގެ މައްސަލައިގައި ހަމަނުޖެހުންތަކެއް ހިންގައި ފުލުހުންނާއި ކުރިމަތިލާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.