ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 18:58
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ މަންމާފުޅު ޖަމީލާ ހުސެއިން
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ މަންމާފުޅު ޖަމީލާ ހުސެއިން
އަވަސް
މައިމޫނާގެ މަންމާފުޅު އަވަހާރަވުން
ޖަމީލާ ޙުސެއިންގެ އާއިލާއަށް ރައީސް ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެ
 
ޖަމީލާގެ ދަރިން ވަނީ ދައުލަތާއި ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައި
 
އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު
 
ޖަމީލާ އަވަހާރަވީ އުމުރުފުޅުން 82 އަހަރުގައި

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަވި ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ޙުސެއިން (82) އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަމީލާ ޙުސެއިން އަވަހާރަވި ހަބަރު ލިބުމާއިއެކު އާއިލާއަށް އެ މަނިކުފާނުގެ އިހުލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި ދުޢާއަކީ މަރުހޫމާއަށް ސުވަރުގެ މިންވަރު ކުރެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖަމީލާ ހުސައިންއަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރގެ މަގާމުގައި ހުންނެވި ހާމިދު ޝަފީޢު އާއި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަސްމާ ޝަފީއުގެވެސް މަންމާފުޅެވެ. އަދި ޖަމީލާ އަކީ، ކުރީގެ ރައީސް ވަހީދުގެ ދައުރުގައި ފިޝަރީޒް މިނިސްޓަރ ކަމާއި ހޯމް މިނިސްޓަރުކަން ކުރެއްވި އަހްމަދު ޝަފީއުގެވެސް މަންމާފުޅެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް