އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
އަކްޝޭ ކުމާރު

މި އެވޯޑް އަހަންނަށް ހައްގު ނޫނިއްޔާ މި ގެންދޭ: އަކްޝޭ

  • އަޑުއިވެމުންދަނީ އެވޯޑް މީހަކަށް ލިބިއްޖެނަމަ އެ އެވޯޑެއް ހައްގު ނޫންކަމަށް ބުނެ ފާޑު ކިޔާއަޑު

ކ. މާލެ | 25 އޭޕްރިލް 2017 | އަންގާރަ 14:33 | 7,182

އަކްޝޭ ކުމާރު - ގޫގުލް

އިންޑިއާގެ 64 ވަނަ ނެޝެނަލް އެވޯޑް ފެސްޓިވަލް ހޯމަދުވަހު ވަނީ ބާއްވާފައެވެ. އެ އެވޯޑްގެ ހައްގު ވެރިއަކީ އަކްޝޭ ކުމާރެވެ. އެވޯޑް ބަލާގޮސް އަކްޝޭ ވަނީ އެ އެވޯޑް އޭނާއަށް ހައްގު ނޫން ކަމުގައިވާ ނަމަ އެ ގެންދިއުމަށް އެދިފައެވެ. އޭނާ މިހެން ބުނެފައި ވަނީ އޭނާއަށް އެވޯޑް ލިބުމުން އާންމުންގެ ފަރާތްތަކުން އޭނާއަށް ފާޑު ކިއުމުން އެއަށް ރައްދު ދެމުންނެވެ.

އަކްޝޭ ބުނީ ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި އޭނާއަށް އަޑުއިވެމުން ދަނީ އެވޯޑް މީހަކަށް ލިބިއްޖެ ނަމަ އެ އެވޯޑެއް ހައްގު ނޫން ކަމަށް ބުނެ ފާޑު ކިޔާއަޑު ކަމަށެވެ. އަބަދުވެސް ކޮންމެ ވެސް އެކަމާ ބެހޭ ގޮތުން ފާޑު ކިޔާކަމަށް އަކްޝޭ ވަނީ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައެވެ.

އަކްޝޭއަށް ނެޝެނަލް އެވޯޑް ލިބުނީ ފިލްމު "ރުސްތަމް" އިންނެވެ. އެއީ އޭނާއަށް ހައްގު އެވޯޑެއް ނޫން ކަމަށް ބުނެ ވާހަކަ ދައްކަމުން ދާ ފަރާތްތަކަށް އަކްޝޭ ބުނީ ނުފޫޒު ބޭނުންކޮށްގެން މިހާތަނަށް އެއްވެސް ކާމިޔާބެއް ހޯދާފައި ނުވާނެ ކަމަށެވެ. ފިލްމީ ދާއިރާގައި ހޭދަކުރި 25 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މީހެއް ގާތު ބުނެގެން އެވޯޑެއް އަދި ފިލްމަކުން ރޯލެއް ވެސް ހޯދާފަ އެއް ނުވާނެ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ ޑެއިލީ މިރާއަށް އޭނާ ދީފައިވާ އިންޓަވިއުއެއްގައި ބުންޏެވެ.

އަކްޝޭ ބުނީ އެވޯޑު ލިބުމުން ވަރަށް އުފަލުން ހުރި ކަމަށާއި، އެއީ އޭނާގެ އާއިލާ އާއި ސަޕޯޓަރުންގެ ހެޔޮ ދުއާ ކަމުގައި ބުނެފައެވެ.

އިންޑިއާގެ ނޫސްތަކުން ވެސް އަކްޝޭގެ މިއެވޯޑަށް ވަނީ ފާޑު ކިޔާފައެވެ. އެ ނޫސްތަކުން ބުނެފައި ވަނީ އަކްޝޭއަށް މިއެވޯޑް ހައްގުވާ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. އަދި ރުސްތުމްގައި އަކްޝޭގެ އެކްޓު ހުރީ އެވްރެޖްގައި ކަމަށެވެ.

އަކްޝޭއަށް އެވޯޑު ލިބިފައި ވަނީ، ގައުމީ އެވޯޑުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ޕްރިޔާދަރްޝަން އާ ދެމެދު އޮންނަ ގާތް އެކުވެރިކަމުގެ ސަބަބުން ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ . އަކްޝޭއާ އެކު ގިނަ ފިލްމްތަކެއްގައި މަސައްކަތްކޮށްފައިވާ ޕްރިޔަދަރްޝަން ވެސް ވަނީ އަކްޝޭއަށް ކިޔާފައިވާ ފާޑަށް މީގެ ކުރިން ރައްދު ދީފައެވެ. އޭނާ ބުނެފައި ވަނީ އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑް އަކްޝޭ އަށް ލިބުމުން ފާޑުކިޔަންޖެހޭ ސަބަބެއް ނުވިސްނުނު ކަމަށެވެ. އަދި އެއީ އޭނާއަށް ހައްގު އެވޯޑެއް ކަމަށް ވެސް ބުނެއެވެ.

މިދިޔަ އަހަރު ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި އާމިރް ޚާންގެ "ޑަންގަލް" އާއި މަނޯޖް ވަޖްޕާއީގެ "އަލީގަރް" އާއި މަހެންދަރް ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލުން ފެނިގެންދާ "އެމް.އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ހިމެނެއެވެ. މި ތިން ފިލްމަކީ ވެސް މި ތިން ތަރިންގެ ހުނަރު އިންތިހާ އަށް ފެނިގެން ދިޔަ ފިލްމްތައް ކަމަށްވާއިރު މި ފިލްމްތަކުން އިބުރަތްތަކެއް ވެސް ހާސިލްވެގެން ގޮސްފައިވާ ކަަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެ ގޮތުން "ޑަންގަލް" ގައި އާމިރް ޚާން ވަނީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.