ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 15:50
2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީ
2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީ
މަޖިލިސް
ބަޖެޓް 2021
ބަޖެޓްގެ ކޮމިޓީ ރިޕޯޓުގެ ބަހުސް މާދަމާ ފަށަނީ
 
ބަޖެޓަށް ގެނައި ބަދަލުތަކާ ގުޅިގެން ބަޖެޓު ޑެފިސިޓް ވަނީ 15.5 ބިލިއަން ރުފިޔާއިން 12.3 ބިލިއަން ރުފިޔާއަށް ތިރިވެފައި
 
ކޮމިޓީން ވަނީ ސަރުކާރުން ހުށައެޅި އަދަދަށް 200 މިލިއަން ރުފިޔާ އިތުރުކުރުމަށް ނިންމާފަ
 
ކޮމިޓީގެ މަސައްކަތް ނިންމާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް އާދީއްތަ ދުވަހު ބަހުސް ކުރުމަށް އެޖެންޑާކޮށްފިއެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މަސައްކަތް ނިންމާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ބެލެވޭ ގޮތުގައި ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މި ހަފްތާގައި ބަޖެޓް ފާސްކުރާނެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނެސްފައިވާއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާ 17.79 ބިލިއަން ރުފިޔާގެ ބަދަލުގައި ކޮމިޓީން އަންދާޒާކޮށްފައިވަނީ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ވަނީ ސަރުކާރުން ހުށައެޅި އަދަދަށް 200 މިލިއަން އިތުރުކޮށް 34.92 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއާއެކު މިހާރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރެވެނީ 12.3 ބިލިއަން ރުފިޔާއިންނެވެ. ބަޖެޓް ހުށަހެޅުނުއިރު ޑެފިސިޓްވާނެކަމަށް ލަފާކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާއިންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް