ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 18:50
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން
Higher Education Ministry
އައިޓެކްއިން ކުރިއަށް ގެންދިޔަ ކޯސް ނިމުން
އައިޓެކްގެ ޕްރޮގްރާމްތަކުން މީހުންގެ ހުނަރާއި ޤާބިލްކަން އިތުރުކޮށްދޭ - ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ
 
މި ރަސްމިޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ ވާހަކަދައްކަވާފަ
 
އޮންލައިންކޮށް ކިޔަވައިދުނުމުގައި ޓީޗަރުންގެ ހުނަރު އިތުރުކުރުމަށް މިއީ ވަރަށް ބޭނުންތެރި ކޯހެއްކަމަށް މިނިސްޓަރ ވިދާޅުވި
 
މިނިސްޓަރ ވަނީ އިންޑިއާ ސަރުކާރަށާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަށް ޝުކުރު އަދާކުރައްވާފަ

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ން ހިންގާ ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގެ އިޤްތިސޯދަށް އަދި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ މީހުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައިވެރިއެއްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައިޓެކް ޕްރޮގްރާމްގެ ފަރާތުން ކުރިއަށް ގެންދިޔަ "އޮންލައިން ޓީޗިންގް އެންޑް ކޮލާބޮރޭޓިވް ޓޫލްސް" ކޯސް ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

އޮންލައިންކޮށް ކުރިއަށް ގެންދެވުނު މި ރަސްމިއްޔާތުގައި، މިނިސްޓަރ ވަނީ އިންޑިއާ ސަރުކާރަށާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއަށް އަދި ނެޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް ޓީޗަރސް ޓްރެއިނިންގް އެންޑް ރިސަރޗް (ޗެންނާއި) ށް މިފަދަ ކޯސްތައް ހިންގުމުގައި ވެދެއްވާ އެހީތެރިކަމަށް ޚާއްސަ ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ކޯވިޑް-19 ގެ ބަލިމަޑުކަމާއިއެކު މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަދި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދީ ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އޮންލައިންކޮށް ކިޔަވައިދުނުމުގައި ޓީޗަރުންގެ ހުނަރު އިތުރުކުރުމަށް މިއީ ވަރަށް ބޭނުންތެރި ކޯހެއްކަމަށްވެސް މިނިސްޓަރ ޑރ.އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ އިތުރުން މި ރަސްމިޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވާހަކަދެއްކެވިއެވެ.

ސަފީރުގެ ވާހަކައިގައި މަތީ ތަޢުލީމުގެ ދާއިރާ ކުރިއެވުމަށް ޑރ. އިބްރާހިމް ޙަސަން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށާއި ވަޒީފާގައި ހަރަކާތްތެރިވާ ދިވެހިންގެ ހުނަރު އިތުރު ކުރުމަށް އިންޑިއާ ސަރުކާރާއިއެކު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. އަދި މި މަސައްކަތުގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި އިންޑިއާއިން އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.

ދުނިޔެއަށް ކޮވިޑް-19 އާއިއެކު މިއައި ބަދަލުތަކާއިއެކު އޮންލައިންކޮށް އަދި ވަރޗުއަލްކޮށް ކިޔަވައިދިނުން ބަދަލު ވެގެންދާނީ "ނިއު ނޯރމަލް" އަށް ކަމަށާއި ޓީޗަރުން މި ބަދަލަށް އަހުލުވެރިވެރި ކުރުވުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުމުން އިންޑިއާ ސަރުކާރުގެ އައިޓެކް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ޓީޗަރުން ތަމްރީންވެގެން ދާ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި ކޯހުގައި ދިވެހިރާއްޖެއިން 30 ބައިވެރިން، 14 ކިޔަވައިދޭ މަރުކަޒުތަކުން ވަނީ ބައިވެރިވެފައެވެ. އައިޓެކުން އަންނަނީ ރާއްޖޭގައި އިންސާނީ ވަސީލަތް އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މަަސައްކަތަށްވެސް ހާއްސަ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ