ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 18:44
ފުލުހުން މީހުން ހައްޔަރު ކުރުމުގައި ހަރަކާތްތެރި ވަނީ
ފުލުހުން މީހުން ހައްޔަރު ކުރުމުގައި ހަރަކާތްތެރި ވަނީ
ޕޮލިސް
ޓެރަރިސްޓް ހަމަލާއެއް ހުއްޓުވުން
ޓެރަރިޒަމް މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިފި
 
މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވޭ
 
މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްދީފައި
 
މި މައްސަލައާ ގުޅުންހުރި އަށް މީހަކު ވަނީ ހައްޔަރުކޮށްފައި

ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދަނިކޮށް ހުއްޓުވި ޓެރަރިސްޓު ހަމަލާއާ ގުޅުންހުރި ކަމުގެ ތުހުމަތުގައި ހުކުރު ދުވަހު ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 7 ދުވަސް ޖަހައިދީފިއެވެ.

މި މައްސަލައިގައި ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ދިވެއްސަކާއި، 34 އަހަރުގެ ދިވެއްސެކެވެ. ދެން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހަކާއި، 34 އަހަރުގެ މީހަކާއި، 18 އަހަރުގެ މީހެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުމުރުން 18 އަހަރުގެ މީހާ ފިޔަވާ ކުރިން ހައްޔަރު ކުރި ފަސް މީހުންގެ ބަންދަށް އިތުރު 15 ދުވަސް ދީފައިވާކަމަށެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ބަޔަކު ރާވައިގެން ހިންގަން އުޅުނު ޓެރަރިޒަމްގެ އަމަލެއް ހުއްޓުވަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި މީހުން ހައްޔަރުކުރީ މާލެ އަތޮޅު ކަނޑުމަތިންނާއި ތ. ތިމަރަފުށިންނެވެ. މި މައްސަލައާ ބެހޭ އިތުރު މައުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި، ބޭރުގެ ގައުމުތަކަށް ހަނގުރާމަތަކަށްދާ ދިވެހިންގެ އަދަދުތައް އިތުރުވަމުން އަންނަ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ހައްދުފަހަނައަޅާފައިވާ ފިކުރުގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީއާއި ފުލުހުން އަދި އެމްއެންޑީއެފްގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގުޅިގެން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ހަނގުރާމަތުގައި ބައިވެރިވުމަށްފަހު އަނބުރާ އަންނަ މީހުން ރިހެބިލިޓޭޓް ކުރާނެ ސެންޓަރެއް ސަރުކާރުން ވަނީ ގާއިމުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
50%
0%
0%
ކޮމެންޓް