ކ. މާލެ
|
28 ނޮވެންބަރ 2020 | ހޮނިހިރު 15:37
އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 47 ވަނަ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު
އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 47 ވަނަ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު
ފޮރިން މިނިސްޓްރީ
އޯއައިސީގެ ފޮރިން މިނިސްޓަރސް ކައުންސިލް
އޯއައިސީގައި ރާއްޖޭގެ އާދޭސް - މުސްލިމުންނާއި ދެކޮޅަށް ހިންގާ އަނިޔާތައް ހުއްޓުވާ!
 
މިނިސްޓަރުގެ މުޅި ވާހަކަ ބިނާކުރެއްވީ ގުޅިގެން އިސްލާމީ ގައުމުތަކުން މަސައްކަތްކުރުމުގެ މައްޗަށް
 
ފަލަސްތީނުގެ މައްސަލައިގައި ގުޅިގެން މުސްލިމް އުއްމަތް މަސައްކަތްކުރުމަށް ގޮވާލެއްވި
 
ޓެރަރިޒަމާ ދެކޮޅަށް އޯއައިސީގެ މެމްބަރު ޤައުމުތަކުން މަސައްކަތްކުރަންޖެހޭ

އިސްލާމް ދީނާ ދެކޮޅަށް ހިންގޭ އަމަލުތައް ހުއްޓުވައި، މުސްލިމުންނާ ދެކޮޅަށް ހިންގޭ އަނިޔާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި މަސައްކަތްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމެއްގައި ރާއްޖެއިން ގޮވާލައިފިއެވެ.

މިހާރު ނީޖަރގެ ވެރިރަށް ނިއާމޭގައި "ސުލްޙައާއި ތަރައްޤީއަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް"، ޝިޢާރުގެ ދަށުން ކުރިއަށްދާ އޯއައިސީގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ކައުންސިލް ބައްދަލުވުމުގައި ރާއްޖޭގެ ހާރިޖިއްޔާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އަބްދުﷲ ޝާހިދެވެ.

ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި އޯއައިސީގެ މެމްބަރު 57 ޤައުމުގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެން އެ ޖަމްޢިއްޔާގެ ސިޔާސަތުތަކާ ބެހޭ ގޮތުންނާއި މުސްލިމް އުއްމަތަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އިސްލާމީ އުއްމަތަށް ދިމާވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޓެރަރިޒަމާ ދެކޮޅަށް އޯއައިސީގެ މެމްބަރު ޤައުމުތަކުން މަސައްކަތްކުރުމަށް މިނިސްޓަރ ޝާހިދު ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލައަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ޝާހިދު ގިނަ ވާހަކަތަކެއް ދައްކަވާފައިވާއިރު، އެ ގައުމުގެ މުސްލިމުންނަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިލާންޖެހޭ އުނދަގޫތައް އިތުރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން 1967 ވަނަ އަހަރުގެ ބޯޑަރުގެ މައްޗަށް ބިނާވެފައިވާ ދެ ދައުލަތުގެ ހައްލު ހޯދުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސްކަމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރާ ކުރުން މިނިސްޓަރ ޝާހިދު ތަކުރާރުކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މެދުއިރުމަތީގެ ސުލްހައަށް ދިވެހިން ކުރާ އުއްމީދު ގުޅިފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ އުއްމީދުތަކާ ކަމަށް ވިދާޅުވިއެވެ.

މުސްލިމް އާބާދީ ބޮޑު 57 ޤައުމުގެ މައްޗަށް އެކުލެވޭ އޯއައިސީގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް