އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
އަޒުރު އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށުން

500 އަށްވުރެ ގިނަ ފަތުރުވެރިންނާއިއެކު އަޒުރު އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

  • އެންމެ ފުރަތަމަ ފަލްއިޓްގައި 504 ފަތުރުވެރިން ރާއްޖެއަށް އާދޭ
  • ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ރަޝިއާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާނެ
  • އަޒުރު އެއަރލައިނުން ރާއްޖެއަށް ކުރަން ހަމަޖެހިފައި ވަނީ ހަފްތާއަކު އެއް ދަތުރު

ކ. މާލެ | 28 ނޮވެންބަރ 2020 | ހޮނިހިރު 12:28 | 13,635

އަޒުރު އެއަރލައިން އިން ދަތުރުތައް ފަށާފައި ވަނީ ނޮވެމްބަރ 27 ވަނަ ދުވަހު - ރޮއިޓަރސް

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑަލާފައި އޮތުމަށް ފަހު ރަޝިއާގެ އަޒުރު އެއަރލައިން އިން ރާއްޖެ އަށް އަލުން ދަތުރުތައް ފަށައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އިން މައުލޫމާތުދޭ ގޮތުގައި އަޒުރު އެއަރލައިން އިން ދަތުރުތައް ފަށާފައި ވަނީ ނޮވެމްބަރ 27 ވަނަ ދުވަހުއެވެ. އެގޮތުން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ވީއައިއޭގެ ޓަރމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ، އިބްރާހިމް ހަސަން ވިދާޅުވީ، ރަޝިއާގެ މޮސްކޯ އާއި ރާއްޖެއާ ދެމެދު އަޒުރު އެއަރލައިނުން ދަތުރުތައް ފަށާފައިވާ ކަމަށާއި އެންމެ ފުރަތަމަ ފަލްއިޓްގައި 504 ފަތުރުވެރިން ރާއްޖެއަށް އަންނަ ކަމަށެވެ.

އަޒުރު އެއަރލައިނުން ރާއްޖެ އަށް އަލުން ދަތުރުތައް ފަށާފައިވާއިރު، މި އެއަރލައިނުން ރާއްޖެ އަށް ހަފްތާއަކު އެއް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ރަޝިއާއިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފާއިވާއިރު، ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު ރަޝިއާގެ އިތުރު އެއަރލައިނެއް ކަމަށްވާ ރަޝިއާ އެއަރލައިންގެ ދަތުރުތައް ފަށަން ވަނީ ހަމަޖެހިފައެވެ.

މިހާރުވެސް އެއޮރޮފްލޯޓް އިން ރާއްޖެ އަށް ދަތުރުތައް ކުރަމުން އަންނަ އިރު، އެ އެއަރލައުނުން ރާއްޖެ އަށް ކުރާ ދަތުރުތައް ވަނީ ހަފްތާ އަކު ހަތް ފްލައިޓަށް އިތުރުކޮށްފައެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން ނޮވެމްބަރ 25 ވަނަ ދުވަހުގެ ނިޔަލަށް 14,855 ފަތުރުވެރުން ވަނީ ރަޝިއާއިން ރާއްޖެ އަށް ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް ބޯޑަރު ހުޅުވާލިފަހުން ޒިޔާރަތްކުރި ފަތުރުވެރިންގެ 22 އިންސައްތަ ފަތުރުވެރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: ނާޒުމީ ސައީދު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.