ކ. މާލެ
|
27 ނޮވެންބަރ 2020 | ހުކުރު 00:08
ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ
ރާއްޖެއެމްވީ
އަނިޔާގެ މައްސަލަތައް
އަނިޔާގެ މައްސަލަތައް ކޮންމެ ހާލެއްގައިވިޔަސް ރިޕޯޓްކުރަންޖެހޭ: ޖެންޑަރ
 
އަނިޔާ އަކީ ކޮންމެ ނަމެއްގައި ކުރިނަމަވެސް ކުށެއް ކަމަށް ވިދާޅުވި
 
ގެވެށި އަނިޔާގެ މައްސަލަތައް އެއީ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ މައްސަލަތަކެއް
 
ފަހަކަށް އައިސް އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރުން އިތުރުވަމުން ދާކަން ފާހަގަުރެއްވި

އަނިޔާގެ މައްސަލަތައް ކޮންމެ ހާލެއްގައިވިޔަސް ރިޕޯޓް ކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާރވިސަސްއިން އެދިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ ވިދާޅުވީ ބައެއް ފަރާތްތަކުން އަނިޔާގެ މައްސަލަތަކަކީ އަމިއްލަ މައްސަލައެއްގެ ގޮތުގައި ދެކި ރިޕޯޓް ނުކޮށް އަދިވެސް ތިބޭ ކަމަށާއި، އަނިޔާގެ މައްސަލަތައް އެއީ ކޮންމެ ފަދަ މައްސަލައެއްވިޔަސް ރިޕޯޓްކުރަން ޖެހޭނެ ކަމަށެވެ.

ފަހަކަށް އައިސް އަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވަމުން ދާކަން ފާހަގަކުރައްވާ ޔުމްނާ ވިދާޅުވީ އެކަމުން ދޭހަވަނީ އެފަދަ ކަންކަމާއި މެދު ވާހަކަ ދެކެވި އެފަދަ ކަންކަމަށް މީހުން ހޭލުންތެރިކަން އިތުރު ވުން ކަމަށެވެ. އަދި ކޭސްއެއް ރިޕޯޓްކޮށްފި ނަމަ ޖެންޑަރ މިނިސްޓްރީ އާއި ފުލުހުންނާއި ގުޅިގެން ވަގުތުން އެޓެންޑް ވަމުންދާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި ދެ ގިންތިއެއް އޮންނަ ކަމަށާއި ގެވެށި އަނިޔާގެ މައްސަލަތައް އެއީ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ މައްސަލަތަކެއް ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި ދެ ގިންތިއެއް އެބަ އޮވޭ. 18 އަހަރުން ދަށާއި 18 އަހަރުން މަތީގެ، ގެވެށި އަނިޔާގެ މައްސަލަތައް އެއީ ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެ މައްސަލަތައް
ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ

އޭގެ އިތުރުން ޔުމްނާ ވިދާޅުވީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ 1024 މައްސަލައެއް ހުށަހެޅިފައިވާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ ޖިންސީ އަނިޔާގެ މައްސަލަތައް ކަމަށެވެ. އެގޮތުން ޖިންސީ އަނިޔާގެ 381 މައްސަލަ ހުށަހެޅިފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި އިހުމާލުގެ މައްސަލަތައް އިތުރުވެފައިވާ މިންވަރަށް ބަލާއިރު ބަލާއިރު 2017 ވަނަ އަހަރު 1385 މައްސަލަ، 2018 ވަނަ އަހަރު 1305 މައްސަލަ އަދި 2019 ގައި 1375 މައްސަލަ ހުށަހެޅިފައިވެއެވެ.

މި އަހަރު ކުރީކޮޅު ކޮވިޑްގެ ހާލަތާއި ގުޅިގެން މައްސަލަތައް ރިޕޯޓްކުރުން މަދުވީނަމަވެސް ފަހަކަށް އައިސް ކުޑަކުދިންނަށް ކުރާ އަނިޔާވެސް އަދި ބޮޑެތި މީހުންނަށް ކުރާ އަނިޔާގެ ވެސް މައްސަލަތައް ރިޕޯޓްކުރާ އަދަދު އިތުރުވަމުންދާ ކަމަށް ޔުމްނާ ވިދާޅުވިއެވެ. އެގޮތުން 2017 ގައި 425، 2018 ގައި 383، 2019 ގައި 433 މައްސަލަ ރިޕޯޓްކުރެވިފައިވެއެވެ. އަދި އެކަމުން ދެހަވަނީ މައްސަލަތައް ރިޕޯޓް ކުރުން އިތުރުވެގެންދާ މިންވަރު ކަމަށް އޭނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ އެއްވެސް ސަބަބަކާއި ހުރެ ޖިންސީ ގޮތުން ވިޔަސް ޖިސްމާނީ ގޮތުންވިޔަސް ނަފްސާނީ ގޮތުންވިޔަސް އަނިޔާ އަކީ ކޮންމެ ނަމެއްގައި ކުރިނަމަވެސް ކުށެއް ކަމަށާއި އެކަން ބަލައި ނުގަންނާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
28 ނޮވެންބަރ 2020 | ހޮނިހިރު 12:17
އަހުމަދު...،/ޖ
އައިޝަތު ތިބުނާ ގޮތަށް ކަން ވެފައިވަނީ ކަމަށް ވަންޏާ ތި ވާހަކަ މީޑިއާތަކުގައި ހާމަކަން ބޮޑުގޮތެއްގައި ފާހަގަކުރަންޖެހޭ
27 ނޮވެންބަރ 2020 | ހުކުރު 02:41
އައިސަތު ރިލްވާން ސައީދު
އަނިޔާ ކޮށްގެން ރިޕޯޓް ކުރާށޭ ކިޔާ ވާ ހަކަދައްކަން ލަދެއް ނުގަނޭތަ..މިދިޔަ އަހަަ ހަރު މެދުތެރޭ އަން ހެނަކަށް އޭނާގެ ފިރިމީ ހާ އިސްވެ ހުރެ ދެފިރި ހެނުން ގޮވާގެން ގޮސް ޖިންސީ ގޯނާކޮށް ރޭޕް ކުރަން މަސަތްކަތް ކުރުމުން ،އެމައްސަލަ ރިޕޯޓް ކުރަން އެފްސީޕީޑީ އަށް ދިޔާމަ ބަޔާން ނަގާ ޑޮކްޓަރ އަށްވެސް ނުދައްކާ ގުޅާލާނަމޭ ކިޔާފަ ފޮނުވާލީ...އަދި އަދައް ދާންވެސް މައްސަލާގެ ލިބުނު ކުރި އެރުމެއް ނެތް،،ޕީޖީ އަށްވެސް ސިޓީލާ ކަންކަން ކުރުމުންވެސް ވީ ކަމެއް ނެތް...ދެން ކޮން ވާ ހަކައެއް ވަގުތު ބޭކާރު ކުރަން...