ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 15:12
އިންޑިއާގެ ޓުޓިކޮރިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ފެށުމާއެކު މުދަލުގެ އަގުތައް ހެޔޮވެގެންދާނެ ކަމަށް ސަރުކާރުން ބުނޭ
އިންޑިއާގެ ޓުޓިކޮރިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ފެށުމާއެކު މުދަލުގެ އަގުތައް ހެޔޮވެގެންދާނެ ކަމަށް ސަރުކާރުން ބުނޭ
ފޮރިން މިނިސްޓްރީ
އިންޑިއާގެ ކޮޗިން ފެރީ
އިންޑިއާގެ ޓުޓްކޮރިން އިން އައްޑުއާއި ހުވަދުއާ ދެމެދު ކާގޯ ފެރީ ފަށައިފި
 
ކާގޯ ފެރީގެ ސަބަބުން އަގުހެޔޮކޮށް މުދާ ގެނައުމަށް ދިވެހި ވިޔަފާރިވެރިންނަށް މަގުފަހިވެގެން ދާނެ
 
އައްޑޫއަށް މުދާ ބޭލުމަށްފަހު ދެ ދުވަހެއްގެ ތެރޭގައި ހުވަދޫއަށް ދަތުރުކުރާނެ
 
އައްޑޫއަށް ގެންނަ މުދާ ހިފައިގެން އަންނަ ކާގޯ ފެރީ ޑިސެމްބަރު މަހުގެ ފެށޭ ހަފްތާގައި އަންނާނެ

އިންޑިއާގެ ޓުޓިކޮރިން އިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ފަށައިފިއެވެ.

މި ދަތުރުތައް ފަށާފައިވާއިރު، އައްޑޫއަށް ގެންނަ މުދާ ހިފައިގެން އަންނަ ކާގޯ ފެރީ ޑިސެމްބަރު މަހުގެ ފެށޭ ހަފްތާގައި (5 ނޫނީ 6 ވަނަ ދުވަހު) އައްޑޫއަށް ދާނެ ކަމަށް "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ސްޕޯކްސްޕަރސަން އަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ. އަދި އައްޑޫއަށް މުދާ ބޭލުމަށްފަހު ދެ ދުވަހެއްގެ ތެރޭގައި ހުވަދޫއަށް ދަތުރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދާކަން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާ ޙަވާލާދީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުވެސް ވިދާޅުވެފައިވެއެވެ. ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިޙު ވިދާޅުވީ، ބޭރު ޤައުމުތަކުން ސީދާ އެކި އަތޮޅުތަކަށް މުދާ ގެނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ލާމަރުކަޒީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

އެގޮތުން ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ، ވިޔަފާރި ލާމަރުކަޒު ކުރުމުގެ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަ ކުރައްވައި ރައީސް އޭރު ވަނީ މި ސިލްސިލާގެ ދަށުން އިންޑިއާގެ ޓުޓިކޮރިންއިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ފެށުމަށް އެމްއެސްއެސްގެ ފަރާތުން ތައްޔާރުވަމުންދާކަން ބަޔާން ކުރައްވާފައެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯފެރީ ދަތުރުތައް ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހު ފަށާފައިވާއިރު އެ ދަތުރުގައި 500 ޓަނު ސިމެންތި އާއި ދެ ކޮންޓެއިންނަރުގެ މުދާ ވަނީ ގެނެސްފައެވެ. އިންޑިއާގެ ކޮޗިން އިން ކާގޯއާ އެކީ އައި، މި ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. އިންޑިއާ-ކޮޗިން ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ އެމްއެސްއެސް އެވެ.

މި ފެށި ކާގޯ ފެރީގެ ސަބަބުން އަގުހެޔޮކޮށް މުދާ ގެނައުމަށް ދިވެހި ވިޔަފާރިވެރިންނަށް މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ. ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމުގައި މިކަމުގެ މައުލޫމާތު ދެއްވަމުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ، މި ހިދުމަތް ފަށަން ހަމަޖެހިފައިވަނީ 100 ޓަނުގެ ރެފްރިޖަރޭޓަޑް ގުޑްސް ވެސް ގެނެވޭ ގޮތަށް ކަމަށެވެ. އޭގެ ސަބަބުން އައްޑޫއަށާއި ހުވަދުއަށް އަގުހެޔޮކޮށް ކާބޯތަކެތި ލިބޭނެ މަގުފަހި ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް