ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 14:25
ސްޕަޓްނިކް ވީ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް މިހާރު ވަނީ ނިމިފައި
ސްޕަޓްނިކް ވީ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް މިހާރު ވަނީ ނިމިފައި
ރެޕްރެޒެންޓޭޝަނަލް ފޮޓޯ
ރަޝިއާގެ 'ސްޕަޓްނިކް ވީ' ވެކްސިން
ޖެނުއަރީ މަހު ރަޝިއާގެ 'ސްޕަޓްނިކް ވީ' ވެކްސިން ދުނިޔޭގެ ބާޒާރަށް!
 
މި ވެކްސިނަކީ ކޮވިޑް-19 އަށް 92 އިންސައްތަ ރައްކާތެރި ވެކްސިނެއް
 
ރަޝިއާއިން ވަނީ ސްޕަޓްނިކް ވީ އަށް ހުއްދަ ހޯދުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގައި އެދިފައި
 
ސްޕަޓްނިކް ވީ ވެކްސިން ދުނިޔޭގެ ބާޒާރަށް ނެރޭނީ ފުލް ޑޯޒެއް 20 ޑޮލަރުގެ ރޭޓުން

ޖެނުއަރީ މަހު ރަޝިއާގެ 'ސްޕަޓްނިކް ވީ' ވެކްސިން ދުނިޔޭގެ ބާޒާރަށް ނެރެވޭނެ ކަމަށް އެގައުމުން ބުނެފިއެވެ.

ރަޝިއާ އިން ބުނީ ކޮވިޑް-19 އަށް އެގައުމުގެ ގަމަލެޔާ ރީސާޗް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިން ދުނިޔޭގެ ބާޒާރަށް ނެރޭނީ ފުލް ޑޯޒެއް 20 ޑޮލަރުގެ ރޭޓުން ކަމަށެވެ. މި ވެކްސިނަކީ ދެ ޑޯޒް އިން ދޭ ވެކްސިނެއް ކަމުން ޑޯޒެއްގެ އަގަކީ 10 ޑޮލަރު ކަމަށް އެގައުމުން ބުންޏެވެ.

ރަޝިއާ އިން މިހާރު އެގައުމާއިއެކު ވެކްސިން ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ގައުމުތަކަށް ވެކްސިން އެކްސްޕޯޓްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނަގަންޖެހޭ ހުއްދަ ނެގުމަށް ވަނީ އެދިފައެވެ. އަދި މި ހުއްދަ ޑިސެމްބަރ މަހު ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އެގައުމުން ބުންޏެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ ލިބުމާއިއެކު ޖެނުއަރީ މަހު ވެކްސިން ދުނިޔޭގެ ބާޒަރަށް ނެރޭނެކަން ފާހަގަކޮށް އެގައުމުން ވަނީ ވެކްސިންގެ ފުލް ޑޯޒްގެ އަގު 20 ޑޮލަރަށްވުރެ އަގުބޮޑު ނުކުރާނެ ކަމަށް ބުނެފައެވެ.

ރަޝިއާގެ ވެކްސިން ހޯދުމަށް އެގައުމާއި އެކު އެއްބަސްވެފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ތުރުކީ، އީރާނާއި މެންގޯލިޔާ ހިމެނެއެވެ.

މި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް މިހާރު ނިމިފަވާއިރުގައި އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން މި ވެކްސިނަކީ ކޮވިޑް-19 އަށް 92 އިންސައްތަ ރައްކާތެރި ވެކްސިނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
100%
0%
0%
0%
0%
ކޮމެންޓް