ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 15:40
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގަ
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަދި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގަ
މަޖިލިސް
ޕްރައިވެޓް އައިލެންޑް ދޫކޮށްގެން
ރަށްތައް ދޫކޮށްގެން އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 231 މިލިއަން ރުފިޔާގެ ލިބޭނެކަމުގެ އަންދާޒާއެއް!
 
މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް
 
ދިގު މުއްދަތަށް ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރަން ރަށްތައް ދޫކޮށްގެން ރަނގަޅު އާމްދަނީ އެއް ލިބޭނެ

ދިގު މުއްދަތަށް ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރަން ރަށްތައް ދޫކޮށްގެން އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 231 މިލިއަން ރުފިޔާގެ ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަންދާޒާ ކުރައްވައިފިއެވެ.

ބުދަ ދުވަހު ޓުއަރިޒް ގާނޫނަށް ހުށައަޅާފައިވާ އިސްލާހުތަކާއި ގުޅިގެން މަޝްވަރާކުރުމަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ރާއްޖެއަށް އާމްދަނީ ލިބޭ މައި ދޯރާއްޓަކީ ފަތުރުވެރިކަން ކަމަށްވާއިރު ދިގު މުއްދަތަށް ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރަން ރަށްތައް ދޫކޮށްގެން ރަނގަޅު އާމްދަނީ އެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. މި ރަށްތައް ދޫކުރާނީ ފަތުރުވެރިކަމުގެ ބޭނުމަށް އެކަނި ނޫން ކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް ކަމަށެވެ.

ޕްރައިވެޓް އައިލެންޑް ވަރަށް ބޮޑެތި މުއްސަނދިންނަށް، ޓުއަރިޒަމްގެ ބޭނުމެއްގައެއް ނޫން. އެމީހުންގެ އަމިއްލަ ބޭނުމަށް. ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ކުރާ ކަމެއް، ވަރަށް ރަނގަޅު މޮޑެލް އެއްގައި ކުރާ ކަމެއް.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ފައްޔާޒް ވިދާޅުވީ މަދު ރަށްތަކެއް އުފައްދައިގެން ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. މިކަމާ ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓްރީއާއި ބޭރުގެ އެކި ފަރާތްތަކާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭނެ ކަމަށެވެ.

އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ތިން ހެކްޓަރ، ހަތަރު ހެކްޓަރުގެ ރަށެއް އުފައްދައިގެން މަދުވެގެން 15 މިލިއަން ޑޮލަރުގެ އެކިއުޒިޝަން ކޯސްޓެއް، ފީއެއް އަޅުގަނޑުމެންނަށް ލިބިދާނެ. އެހެންކަމަށް ވަންޏާ އަޅުގަނޑުމެންނަށް 20 ށް ރަށް އެގޮތަށް ލީސް ކޮށްލި ކަމަށް.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރުމަށް ރަށްތައް ދޫކުރުމަށް ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުން ވަނީ ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވީޒާ ދޭގޮތަށް ގާނޫނު ފާސްކޮށްފައެވެ. އަދި ރާއްޖޭގެ ބޭންކެއްގައި 250،000 ޑޮލަރު ފަސް އަހަރުގެ މުއްދަތަކަށް ބަހައްޓާފައިވާ ފަރާތްތަކަށް އެ ބަހައްޓާފައިވާ މުއްދަތަށް ވީޒާ ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް