ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 13:44
އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުން
އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުން
ރާއްޖެއެމްވީ
ނައިބު ރައީސްގެ މެސެޖް
ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަންދޭ އެއް ކަމަކީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުން: ނައިބު ރައީސް
 
އަންހެނުންނަކީ ޤަދަރުވެރި ބައެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތް ކުރުމަށް ގޮވައިލެއްވި
 
އަންހެނުންގެ ހައްޤުތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ދިނުމަށް ޝަރުޢީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރާނަން
 
ގިނަ ފަހަރަށް ފަސޭހަކަމާއެކު އެކަށީގެންވާ ފަރުވާ ހޯދުމުގައި އެ މީހުންނަށް ދަތިތަކާ ކުރިމަތިވޭ

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަން ދޭ އެއް ކަމަކީ އަންހެނުންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާ ހުއްޓުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަށް ހުއްޓުވުމަށް މަސައްކަތް ކުރާ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ދެއްވި މެސެޖުގަ އެވެ. ނައިބު ރައިސް ބުދަ ދުވަހު ދެއްވި މެސެޖުގައި ވިދާޅުވީ އަންހެނުންނަށް އަދި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ބާވަތެއްގެ އަނިޔާގެ ޝިކާރައަކަށް ހުޅަހެޅޭ މީހެއްކަން ފާހަގަކުރައްވާ ވިދާޅުވީ ގިނަ ފަހަރަށް ފަސޭހަކަމާއެކު އެކަށީގެންވާ ފަރުވާ ހޯދުމުގައި އެ މީހުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތްތަކަށް ވެސް އެކި ހުރަސްތަކާ ކުރިމަތިވެފައި ވާކަމަށެވެ.

މި މަސައްކަތަކީ ކޮވިޑް-19އާއި ގުޅިގެން ކުރިމަތިވި ހާލަތުންނާއި، ޤައުމަށް ކުރިމަތިވެފައިވާ އިޤްތީޞާދީ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތާއި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ މުހިންމު އެއް އަސާސް
~ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް

އެގޮތުން އަނިޔާއާ ކުރިމަތިލާންޖެހޭ އަންހެނުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމާއި، އެ މީހުންގެ މަޞްލަޙަތު ހިމާޔަތްކޮށްދިނުމާއި، އަންހެނުންގެ ހައްޤުތަކަށް އަރައިގަންނަ މީހުންނަށް ޙައްޤު އަދަބު ދިނުމަށް ޝަރުޢީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެރުވި އެވެ.

މިފަދަ މައްސަލަތަކަކީ ވަކި ޤައުމަކަށް ޚާއްޞަ މައްސަލަތަކެއް ނޫންކަމަށާއި، މިފަދަ މައްސަލަތަކުގެ ނުރައްކާތެރިކަން ފާހަގަކުރައްވާ، ވިދާޅުވީ ހުރިހާ ބާވަތެއްގެ އަނިޔާއިން އަންހެނުންނަށް ސަލާމަތްކަން ހޯދައިދީ، އެ މީހުންނަކީ އިޙުތިރާމު ލިބިގެންވާ، ޤަދަރުވެރި ބައެއްގެ ގޮތުގައި ދިރިއުޅެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަށް މަސައްކަތް ކޮށްދެވާނެ ކަމަށެވެ.

ކޮވިޑް-19ގެ ހާލަތާއެކު ގެންނަން ޖެހުނު ފުރަބަންދުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވެއެވެ. އެ ހާލަތުގައި ވެސް މިފަދަ މައްސަލަތައް ބަލައި، ފިޔަވަޅުތައް އެޅުމުގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް