ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 14:31
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
މަޖިލިސް
ޓުއަރިޒަމް ގާނޫނަށް ގެނެވޭ އިސްލާހުތައް
ޓުއަރިޒަމް ގާނޫނަށް ގެނެވޭ އިސްލާހުގެ ދަށުން ތަރައްގީ ނުކުރެވި ހުރި ރަށްތައް ހެދުމަށް އިތުރު ބާރެއް!
 
އިސްލާހުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ވަރަށް މުހިއްމުކަންކަން
 
މިވަގުތު ތަރައްގީ ނުކުރެވިވާ 85 ރަށެއް އެބައޮތް

ޓުއަރިޒަމް ގާނޫނަށް ގެނެވޭ އިސްލާހުތަކާއި އެކު ރާއްޖޭގައި ތަރައްޤީ ނުކުރެވި ހުރި ރަށްތައް ތަރައްގީ ކުރުމަށް ވަރަށް ބޮޑަށް ބާރު ލިބިގެންދާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ގާނޫނަށް ގެނެވޭ އިސްލާހުތަކާއި ގުޅިގެން މަޝްވަރާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިހާރު ހުށައެޅިފައިވާ އިސްލާހުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ގާނޫނަށް ހުށައެޅިފަިއވާ އިސްލާހުތަކުން ލިބޭނެ ފައިދާތަކާއި ގުޅިގެން ވާހަކަދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ މި އިސްލާހުތަކުގެ ސަބަބުން ރާއްޖޭގައި މިވަގުތު ތަރައްގީ ނުކުރެވި ހުރި 85 ރަށް ހެދުމަށް ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމަށެވެ. މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކުގައި މިގޮތަށް ހުރި ރަށްތަކުން ދައުލަތަށް އާމްދަނީ ނުވަދެ، އެތައް ބަޔަކަށް ލިބެންޖެހޭ ވަޒީފާ އުފެއްދިފައި ނުވާ ކަމަށެވެ.

ރާއްޖޭގައި ނުހެދި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން 85 ރަށް އެބައޮތް. އެތަންތަން ހެދޭނެ މަގެއް ފަހިކޮށްދެވޭ. މިކަންކަމަކީ މުޅި ޓުއަރިޒަމްގެ ސިނާއަތަށް ވަރަށް މުހިއްމު ކަމެއް. ވަރަށް ގިނަ އަތޮޅުތަކުގައި މި ތަންތަން ނުހެދި ހުރުމުގެ ސަބަބުން ދައުލަތަށް އާމްދަނީ ނުލިބި ވަނީ އެ އަތޮޅުތަކުގައި މި ދެންނެވި ރަށްތަކާއި ފަޅުތަކާއި ކައިރީގައި ހުރި މީހުން އުޅޭ ރަށްތަކުގައި މަސައްކަތް ކުރަން ތިބި މުވައްޒަފުންނަށް ވަޒީފާ ނުލިބި، ކުރިއަށް ގޮސްފަ މިއޮތީ.
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

އެޖެންޑާ-19 ގެ ވައުދެއް ކަމަށްވާ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީ ނިމުމުން ރިސޯޓްް ދޫކޮށް ދެވޭ ގޮތަށް ހެދުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިގޮތަށް ކަންކަން ބައްޓަން ވެގެންދާނީ އެ ރަށްތައް ތަރައްގީ ކުރެވިގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް