ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 11:36
ޓޯޔާޑު ސަރަހައްދު މޫދުން ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ޓޯޔާޑު ސަރަހައްދު މޫދުން ބިދޭސީއަކު މަރުވެފައި އޮއްވާ ފެނުމުން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ޙުސައިން މަޚްތޫމް
މޫދުގައި މަރުވެފައި އޮތް މީހަކު ފެނުން
ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ މޫދަށް އެރުނީ އަމިއްލައަށް: ފުލުހުން
 
އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން ހަށިގަނޑު ފެންމަތީގައި ހަރަކާތެއް ނެތި އޮންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނޭ
 
އަންގާރަ ދުވަހުގެ ހެނދުނު 09:29 ހާއިރު އަމިއްލައަށް މޫދަށް އެރޭ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނޭ
 
މަރުވެފައި އޮއްވާ ފެނިފައިވަނީ އިނގިރޭސި ވިލާތުގެ ފިރިހެނެއް

މާލޭ ޓޯޔާޑާ ދިމާ މޫދުގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީ މީހާ މޫދަށް އެރުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ، އެ މީހާ އަންގާރަ ދުވަހުގެ ހެނދުނު 09:29 ހާއިރު އަމިއްލައަށް މޫދަށް އެރޭ މަންޒަރު, އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން ހަށިގަނޑު ފެންމަތީގައި ހަރަކާތެއް ނެތި އޮންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަމަށެވެ.

އަންގާރަ ދުވަހު ނިޔާވި މީހަކީ އުމުރުން 58 އަހަރުގެ އިނގިރޭސި ވިލާތަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ މޫދުގައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 09:43 ހާއިރުއެވެ.

އެ ހާދިސާގެ ރިޕޯޓު ލިބުނު ގޮތަށް ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށް އެމީހާ ބެލި ޑޮކްޓަރާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް