ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 09:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ކޮވިޑް-19ގެ ވެކްސިން
ވެންޓިލޭޓަރަށް ވީގޮތް ވެކްސިނަށް ވިޔަ ނުދިމަށް މިހާރުއްސުރެ ސަމާލުކަންދޭން ޖެހޭ: ނަޝީދު
 
މި މައްސަލައިގަ ދައުވާނުކުރަން ޕީޖީ ނިންމެވި ނިންމެވުން މުރާޖައާކުރުމަށް އެދުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ
 
ވެކްސިންއަށް ކަންތައްތައް ދިމާވެއްޖެ ނަމައެއީ ވަރަށް ހަސްހާސް މައްސަލައަކަށް ވެގެންދާނެ: ނަޝީދު

ވެންޓިލޭޓަރަށް ވީގޮތް ކޮވިޑް-19ގެ ވެކްސިނަށް ވިޔަ ނުދިމަށް މިހާރުއްސުރެ ސަމާލުކަންދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގެ ދަށުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމްއާއި ސުވާލު ކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ. އެހެންނަމަވެސް، މިނިސްޓަރ ވަނީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު އަދި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ކުރެއްވި ސުވާލަލުތަކަށް ލިޔުމުން ޖަވާބު ފޮނުއްވާފަ އެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ މިނިސްޓަރ ޖަލްސާއަށް ހާޒިރުވެ ހުންނެވި ނަމަ، އިތުރު ސުވާލުގެ ދަށުން ކޮވިޑް-19ގެ ވެކްސިންއާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުނީސް ކަމަށެވެ. ވެންޓިލޭޓަރަށް ވީގޮތް ވެކްސިނަށް ވިޔަ ނުދިމަށް މިހާރުއްސުރެ ސަމާލުކަންދޭން ޖެހޭކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ވެންޓިލޭޓަރު މައްސަލައަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

އަދިއަދަށް ދާންދެންވެސް ވެކްސިނެއް މިކަމާ ގުޅިގެން ގެނެވިފައި އޮތީކީއެއް ނޫން. އެގޮތަށް ވެކްސިންއަށް ކަންތައްތައް ދިމާވެއްޖެ ނަމައެއީ ވަރަށް ހަސްހާސް މައްސަލައަކަށް ވެގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ކޮވިޑާއި ގުޅިގެން ހެދި ހެލްތު މިނިސްޓްރީގެ ކޮމްޕްލައަންސް އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި ކަންކަން ފަޅާއެރިއެވެ. އެގޮތުން، އެ ރިޕޯޓުގައި ކޮވިޑުގެ ބަލި މީހުންނަށް ފަރުވާ ދޭން ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެނައުމުގައި ހެލްތް މިނިސްޓްރީން އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށްވެއެވެ.

މި ރިޕޯޓުގައި ބުނާ ގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހަމަޖައްސާފައިވާ ކުންފުންޏެއް ނޫނެވެ. ވެންޓިލޭޓަރުގެ އިތުރުން މެޑިކަލް ސާމާނު ގެނައުމުގައި ވެސް އެތައް މިލިއަން ރުފިޔާއެއް މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދު ކުރުމާއި ޚަރަދުކުރި ފައިސާ އަށް މުދާ ލިބުނު ކަން ކަށަވަރުނުވާ މައްސަލަ އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ވެންޓިލޭޓަރު ގެނައުުމުގައި ހެލްތް މިނިސްޓްރީން ގޯސްތަކެއް ހަދާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ އިރު އެ މައްސަލަ ބެލުމަށް ފަހު އޭސީސީން ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ބުނެފައި ވަނީ ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތްކަމަށެވެ. އެހެންކަމުން ވެންޓިލޭޓަރު މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުއުފުލުމަށް ޕީޖީ ވަނީ ނިންމާފައެވެ. ނަމަވެސް، އޭސީސީން ބުނެފައި ވަނީ އެ މައްސަލާގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ އެކަށީގެންވާ ވަރަށް ހެކި ހުރެގެން ކަމަށެވެ. މި މައްސަލަ މަޖިލީހުން ބެލުމަށްފަހު ނިންމާފައިވަނީ ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ދައުވާނުކުރަން ޕީޖީ ނިންމެވި ނިންމެވުން މުރާޖައާކުރުމަށް އެދުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
50%
0%
50%
0%
0%
ކޮމެންޓް