ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 09:37
ޓޫރިޒަމް މިނިސްޓަރ ރާއްޖެޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމްގައި
ޓޫރިޒަމް މިނިސްޓަރ ރާއްޖެޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމްގައި
ރާއްޖެ އެމްވީ
ޓުއަރިޒަމަށް ހާއްސަ ޕްލެޓްފޯމެއް އުފެއްދުން
ކުރިއަށް އޮތް ދެމަސް ތެރޭގައި ޓުއަރިޒަމްގެ މުވައްޒަފުންނަށް ހާއްސަ ޕްލެޓްފޯމެއް އުފައްދާނަން: މައުސޫމް
 
މުއައްޒަފުން އިތުރައް ކުރިއަށް ދިޔުމުގެ ފުރުސަތު ލިބޭނެ ގޮތްތަކާއި މެދު މިހާރުވެސް މަޝްވަރާތައް ކޮށް އަމަލީ މަސައްކަތްތައް ފަށާނަން
 
ޑިސެމްބަރ ފަހުކޮޅު ނުވަތަ ޖެނުއަރީ ކުރީކޮޅު ޓުއަރިޒަމް މުއައްޒަފުންނަށް ހާއްސަ ޕްލެޓް ފޯމެއް
 
ގިނަ މުއައްޒަފުންނަށް ހިޔާލު ފާޅު ކުރަން ނުކެރޭ

ކުރިއަށް އޮތް ދެމަސް ތެރޭގައި ޓުއަރިޒަމްގެ މުއައްޒަފުންނަށް ހާއްސަ ޕްލެޓްފޯމެއް އުފައްދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަ ސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިސްޓަރ މަގާމާއި ހަވާލުވި ދުވަހުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުންނާއި ވާހަކަ ދައްކަމުން ގެންދާ ކަމަށާއި، ނަމަވެސް ގިނަ މުވައްޒަފުންނަށް ހިޔާލު ފާޅު ކުރަން ނުކެރޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިހާރުވެސް، ކާކުކަން ނޭނގޭ ގޮތަށް މެއިލް ހުށައެޅޭގެ ގޮތް ތައާރަފް ކޮށްފައިވާނެކަން ފާހަގަކުރައްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ މުވައްޒަފުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަަކައި މިއަހަރުގެ ޑިސެމްބަރ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައި، ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ޕްލެޓް ފޯމެއް ތައާރަފް ކުރާނެ ކަމަށެވެ.

މައުސޫމް ވިދާޅުވީ މިޕްލެޓްފޯމް މިއަހަރު ނޮވެމްބަރު މަހުގެ ކުރިން ތަޢާރަފްކުރަން ނިންމި ނަމަވެސް ބޭރުގެ ޓެކްނޮލޮޖީ ކުންފުންޏަކާއި އެކު ކުރަންޖެހޭ މުއާމަލާތް ނުނިމި ހުރުމުން ލަސްތަކެއް ކުރިމަތިވީ ކަމަށެވެ.

އަޅުގަނޑުމެން 2021 ވަނަ އަހަރު، އަޅުގަނޑުމެން ކުރިން އުންމީދު ކޮށްގެން ހުރި ކަމެއް އެއީ މި ނޮވެމްބަރ މަހުތެރޭގައި އެކަންތައް ކުރެވޭނެ ކަމަށް އެކަމަކު އަޅުގަނޑުމެންނާއި ބޭރުގެ ޓެކްނޮލޮޖީ ކުންފުންޏަކާއި ކުރަންޖެހޭ މުއާމަލާތް ތަކެއް އަދިވެސް ނުނިމި ހުރީ. ނިމިގެން އަދި އޭތި އަޅުގަނޑުމެން ޓެސްޓު ރައުން ތަކެއް ހިންގުމަށް ތިން ހަފްތާ ވަރު ނަގާނެ. އެހެންވީމަ ޑިސެމްބަރ ފަހު ކޮޅު އެހެންނޫނީ ޖެނުއަރީ ކުރީކޮޅު އަޅުގަނޑުމެން ނެރޭނަން ޓޫރިޒަމް މުއައްޒަފުންނަށް ގުޅޭ ޕްލެޓްފޯމެއް ތައާރަފް ކުރާނަން.
ޓޫރިޒަމް މިނިސްޓަރ

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރިސޯޓް މުވައްޒަފުންނަކީ ވަރަށް ހުނަރުވެރި އަދި ގާބިލް ބައެއް ކަމަށާއި އެގޮތުން މިފަދަ މުވައްޒަފުން އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތު ލިބޭނެ ގޮތްތަކާއި މެދު މިހާރުވެސް މަޝްވަރާތައް ކުރިއަށް ގޮސް އަމަލީ ގޮތުން މަސައްކަތްތައް ކުރިއަށް ގެންދަމުންދާ ކަމަށެވެ.

މި ކަމުގެ ނަތީޖާ ނިކުންނަން ފެށުމުން ރިސޯޓު މުވައްޒަފުންނަށް އުފާވެރިކަމާއި ހިނިތުންވުން ލިބިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގެ ވަރަށް ގިނަ މުއައްޒަފުންގެ ވަޒީފާ ގެއްލި، ނޯޕޭގައި ބަހައްޓާފައި އަދި އަނބުރާ ރިސޯޓަށް ނުގެންދާ އެތައް މުއައްޒަފުންނެއް އަދިވެސް އެބަތިބި ކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، މިއަދު އެފަދަ މުއައްޒަފުންގެ ހާލު ބަލަމުން ގެންދަނީ އެކަން ދެނެގެން ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
86%
0%
14%
ކޮމެންޓް
25 ނޮވެންބަރ 2020 | ބުދަ 13:19
ރިސޯޓްތަކުގަ މަސައްކަތްކުރަނީ އެތަނުގެ އެގްރިމެންޓްގައި އޮންނަ ގޮތައް އެހެންވީމަ ރެސޯޓް މުވައްޒަންނައްނޯންނަނެ އެތަނުގަ ވާހަކަ ދެއްކޭކަށް ރެސޯޓްގެ އެއްވެސް ނޭދެވޭ ވާހަކައެއް ދެއް ކުމަކީ އެގްރީމެންޓްއާ ހިލާފުކަމެއް ވަގުތުން ވަޒީފާއިން ވަކިވެސްކުރެވެން އޮންނާނެ. ހުރިހާ ކަމަކަށް އެއްބަސްވެ ސޮއެކުރަންޖެހޭނެ