ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 08:37
ސްޕީޗް ތެރަޕީގެ ދާއިރާތަކުން މީހުން ބިނާކުރުމާއި ގުޅޭ ގޮތުން ކުރިޔަށް ދިޔަ މަޝްވަރާތަކުގެ ތެރެއިން
ސްޕީޗް ތެރަޕީގެ ދާއިރާތަކުން މީހުން ބިނާކުރުމާއި ގުޅޭ ގޮތުން ކުރިޔަށް ދިޔަ މަޝްވަރާތަކުގެ ތެރެއިން
ރައީސް އޮފީސް
ސްޕީޗް ތެރަޕީގެ ހިދުމަތް ފުޅާކުރުން
ސްޕީޗް ތެރަޕީގެ ދާއިރާއިން މީހުން ބިނާކުރުމާއި ގުޅޭ މަޝްވަރާތަކެއްކޮށްފި
 
ނައިބް ރައީސް ވަނީ ހޯމަ ދުވަހު އައިޖީއެމްއެޗް ގެ ސްޕީޗް ތެރަޕީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވާފައި
 
ހާއްސަ ފަރުވާ ބޭނުންވާ ކުދިން ދެނެގަނެވޭނެ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުން މުހިއްމު ކަމަށް ވިދާޅުވި
 
ތެރަޕީގެ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު

ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ ކުދިންނަށްދޭ ސްޕީޗް ތެރަޕީ ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ނައިބް ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި، އެޑިއުކޭޝަން މިނިސްޓަރޔު ޑރ. އައިޝަތު އަލީ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ އިތުރުން ޖެންޑާ މިނިސްޓްރީ ގައުމީ ޔުނިވަރސިޓީ އާއި، އައިޖީއެމްއެޗްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ނައިބް ރައީސް ވަނީ ކުޑަކުދިންނަށް ދޭ ތެރަޕީގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ހިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، މަޝްވަރާކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ނައިބް ރައީސް ވަނީ ތެރަޕީގެ ގިނަ ހިދުމަތްތައް ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ވެސް އެ ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ވާހަކަ ދެއްކުމުގައި ދަތިތައް ހުންނަ ކުދިންނަށްދޭ ސްޕީޗް ތެރަޕީ ފަދަ ދާއިރާތަކުން ތަމްރީނުވެފައިވާ މީހުން މަދުކަން ފާހަގަކުރައްވައި، ނައިބު ރައީސް ވަނީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ މެދުވެރިކޮށް އެ ފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އޭގެ އިތުރުން، ކުޑަކުދިންނަށް ކުރިމަތިވާ ހެދިބޮޑުވުމުގެ މައްސަލަތައް ދުރާލާ ދެނެގަތުމާއި، ހާއްސަ ފަރުވާ ބޭނުންވާ ކުދިން ދެނެގަނެވޭނެ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވަނީ ހޯމަ ދުވަހު އައިޖީއެމްއެޗް ގެ ސްޕީޗް ތެރަޕީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި، އެ ތަނުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފަ އެވެ. އެ ޒިޔާރަތުގައި އެ ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ އެ ތަނުގައި މަސައްކަތްކުރާ ތެރެޕިސްޓުންގެ އަދަދާ ބަލާއިރު އެ ހިދުމަތް ހޯދަން އެދޭ ކުދިންގެ އަދަދު އިތުރުކަން ފާހަގަކުރައްވާފައެވެ.

އަދި އެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ނައިބް ރައިސާ ވަނީ ހިއްސާކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް