ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 02:24
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަން
މޯލްޑިވިއަންގެ ދަތުރުތައް
އެއްވެސް ފްލައިޓެއް ކެންސަލް ނުކުރަން، ފަތުރަނީ ދޮގު ހަބަރެއް: މޯލްޑިވިއަން
 
މިހާތަނަށް އަދި އެއްވެސް ދަތުރެއް ކެންސަލްކޮށްފައި ނުވާނެ
 
މޯލްޑިވިއަނުން ވަނީ މިއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ބުނެ، އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދީފަ

މޯލްޑިވިއަންގެ ފްލައިޓުތައް ކެންސަލްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދަނީ އެއަރޕޯޓުން ކޮވިޑް-19 ގެ ކްލަސްޓާއެއް ފެނުމާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށް ބުނާ ހަބަރެކެވެ. ނަމަވެސް މިކަން ދޮގުކޮށް މޯލްޑިވިއަނުން ވަނީ، މިއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ބުނެ، އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދީފައެވެ.

ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ދޮގު ހަބަރުތައް ފެތުރެމުން ދިއުމާއި ގުޅިގެން މޯލްޑިވިއަނުން ކުރި ޓްވީޓުގައި ބުނެފައި ވަނީ، އެ އެއަރލައިންގެ ފްލައިޓުތައް ކެންސަލްކޮށްފި ކަމަށް ބުނެ ދައުރު ކުރަމުންދާ ޕޯސްޓަކީ ރަނގަޅު ހަބަރެއް ނޫން ކަމަށާއި އެހެން ކަމުން ހިދުމަތް ހޯދާ ފަރާތްތަކުން އެކަމަށް ސަމާލު ވުމަށް އެދޭ ކަމަށެވެ. އަދި މޯލްޑިވިއަންގެ ދަތުރުތަކަށް އެއްވެސް ބަދަލެއް އަންނަ ނަމަ އެކަން ކުރިއާލައި އަންގަމުންދާނެ ކަމަށްވެސް އެ އެއަރލައިނުން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެއަރޕޯޓުން ގިނަ މުވައްޒަފުންތަކެއް ޕޮޒިޓިވްވި ނަމަވެސް އަދި މިހާތަނަށް އެތަނުން ދެމުންދާ އެއްވެސް ހިދުމަތެއް ހުއްޓާލާފައިނުވާ ކަން ފާހަގަކޮށްލެވެއެވެ. ހަމަ އެއާއެކު މިހާތަނަށް އޭގެން އެއްވެސް ފަރާތެއް ސީރިއަސް ހާލަތުގައިވާ ކަމެއްވެސް ސިއްހީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން، ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ އަންނަމުންދާއިރު، އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެއްދުމަށް ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގަ އާއި އެހެނިހެންވެސް ޕްލެޓްފޯމުތަކުގައި ހަގީގަތާއި ހިލާފު ވާހަކަތައް ދައްކަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް