ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 00:45
ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި މެދުރާއްޖެތެރެ އާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވޭ
ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި މެދުރާއްޖެތެރެ އާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވޭ
ރާއްޖެއެމްވީ
ތޫފާން ނިވާރު
ތޫފާން ނިވާރުގެ އަސަރެއް ރާއްޖެއަށް ނުކުރާނެ
 
ތޫފާނުގެ އަސަރު ހުރީ އިންޑިއާގެ އިރުމަތީ އައްސޭރިޔަށް
 
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް
 
ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވޭ

ބޭ އޮފް ބެންގާލް ސަރަހައްދުގައި އުފެދިފައިވާ ''ތޫފާން ނިވާރް'' ގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ގައުމީ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މީގެ ކުރިން މެޓުން ބުނެފައިވަނީ ތޫފާނުގެ އަސަރު ބުރާސްފަތި ދުވަހު ރާއްޖެއަށް ކުރާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން މެޓުން ހާމަކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުން އެ ތޫފާން އިންޑިއާގެ އިރުމަތީ އައްސޭރިއަށް ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަރާނެ ކަމަށް ލަފާ ކޮށްފައިވާތީ މިހާރު ތޫފާނުގެ އަސަރު ހުރި ރާއްޖެއާ ދުރަށް ކަމަށެވެ. އެހެން ކަމުން މި ތޫފާނުގެ އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވެއެވެ.

ނަމަވެސް ދެކުނާއި މެދު ރާއްޖެތެރެއަށް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށާއި، އެއީ ދެ މޫސުން ބެދޭ ދުވަސްވަރު އާންމުކޮށް ކުރާ ވިއްސާރައެއް ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.

ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު މެދުރާއްޖެތެރެ އާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އުތުރުގެ އަތޮޅުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެއެވެ.

ހުޅަނގު އުތުރާއި އުތުރުން، އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓުން މައުލޫމާތުދެއެވެ. ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް