އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
މެދުއިރުމަތީގެ މައްސަލަ

އިސްރާއިލްގެ ބޮޑުވަޒީރު ސައުދީއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ހަމާސް ޖަމާއަތުގެ ހޫނު ރައްދެއް!

  • ނަތަންޔާހޫގެ ދަތުރުފުޅަކީ، މިނިވަން ދައުލަތަކަށް ފަލަސްތީނު ރައްޔިތުން ކުރާ މަސައްކަތަށް ލިބުނު އިތުރު ހުރަހެއް
  • ޕަލަސްތީނުގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތައް އިތުރަށް ވަރުގަދަވާނެކަމެއް
  • ސައުދީން ވަނީ އެފަދަ ބައްދަލުވުމެއް ނުހިނގާކަމަށް ވިދާޅުވެ އެކަން ދޮގުކޮށްފައި

ކ. މާލެ | 24 ނޮވެންބަރ 2020 | އަންގާރަ 08:37 | 8,899

އިސްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ، އަދި ސައުދީގެ ކްރައުން ޕްރިންސް، މުހައްމަދު ބިން ސަލްމާން - ޑެއިލީސަން

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސައުދީއަރަބިއްޔާއަށް ކުރެއްވި ސިއްރު ދަތުރުފުޅާއި ގުޅިގެން ބައްދަލުވުންތަކުގެ ތަފްސީލް ހިއްސާކުރުމަށް ހަމާސް ޖަމާއަތުން ގޮވާލައިފިއެވެ.

ސިއްރު ދަތުރުފުޅާާއި ގުޅޭ ފޮޓޯތައް މީސް މީޑިއާގައި އާންމުވެފައިވާއިރު ހަމާސް ޖަމާއަތާއި ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ސައުދީއަށް ބޮޑު ވަޒީރު ނަތަންޔާހޫ ކުރެއްވި ދަތުރުފުޅަކީ، މިނިވަން ދައުލަތަކަށް ފަލަސްތީނު ރައްޔިތުން ކުރާ މަސައްކަތަށް ލިބުނު އިތުރު ހުރަހެކެވެ. ރިޕޯޓުތައް ބުނާ ގޮތުން، މި ދަތުރުފުޅުގައި ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ސައުދީގެ ކްރައުން ޕްރިންސް، މުހައްމަދު ބިން ސަލްމާން އާއި ބައްދަލުކުރައްވާފައެވެ.

ސައުދީގެ ނެއޯމްގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތަފްސީލުތައް އަވަހަށް ހިއްސާކުރުމަށް ހަމާސް ޖަމާއަތުން ގޮވާލަމުން ބުނީ، މިއީ އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ކުރާ މަސައްކަތައް ސައުދީން ކުރި މަލާމާތެއްކަމަށެވެ. ބޮޑު ވަޒީރު ނަތަންޔާހޫގެ ކެބިނެޓް މިނިސްޓަރަކާއި ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން، ނަތަންޔާހޫގެ ސިއްރު ދަތުރުފުޅެއް ސައުދީއަށް ކުރެއްވި ކަމަށާއި ސައުދީގެ ކްރައުން ޕްރިންސް އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ސައުދީން ވަނީ އެފަދަ ބައްދަލުވުމެއް ނުހިނގާކަމަށް ވިދާޅުވެ އެކަން ދޮގުކޮށްފައެވެ. ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދް ވަނީ އެފަދައިން ޓުވީޓުކުރައްވާފައެވެ.

ޓެރަރިސްޓް ޖަމާއަތްތަކުންވެސް މިކަމާއި ގުޅިގެން ނުރުހުން ފާޅުކޮށްފައިވާއިރު، މިއީ ޕަލަސްތީނުގައި އިސްރާއިލުން ހިންގާ ލާއިންސާނީ އަމަލުތައް އިތުރަށް ވަރުގަދަވާނެކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި، މުޅި އިސްލާމީ އުންމަތާއި ދީނާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކުރުމުގެ ނިޝާނެއްކަމަށް އެކި ޖަމާއަތްތަކުން ސިފަކުރެއެވެ.

އިސްރާއިލުން ފަލަސްތީނުގެ ބިންތައް ހިސާރުކޮށް، ލާއިންސާނީ އަމަލުތައް ހިންގަމުން އަންނައިރު، ބައިނަލްއަޤުވާމީ މުހައްލިލުން ވިދާޅުވާގޮތުގައި އިސްރާޢީލުން ހިސާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކާއި ގުޅިގެން ވެފައިވާ ސުލްހައިގެ އެއްބަސްވުންތަކާ އިސްރާއީލުން ޚިލާފުވާނަމަ، އަދި ފަލަސްތީނަށް މިނިވަންކަމާއެކު ހުޅަނގު އައްސޭރީގައި ހަރަކާތްތެރި ނުވެވޭނަމަ، އެކަމުގެ ގެއްލުން އިސްރާއީލަށް ވަރަށް ބޮޑަށް ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: ނާޒުމީ ސައީދު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.