ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 18:56
ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) ގެ ރައީސް އަޙްމަދު އަޙްމަދު
ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) ގެ ރައީސް އަޙްމަދު އަޙްމަދު
އޭއެފްޕީ
ސީއޭއެފްގެ ރައީސް ސަސްޕެންޑް ކުރުން
ސީއޭއެފްގެ ރައީސް ފަސް އަހަރަށް ސަސްޕެންޑް ކޮށްފި
 
އަދި ޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރިކަމުގެ ތުހުމަތުވެސް ވަނީ ސާބިތުވެފައި
 
އަޙްމަދު ސަސްޕެންޑް ކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ކުށުގައި

ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) ގެ ރައީސް އަޙްމަދު އަޙްމަދު ފަސް އަހަރަށް ސަސްޕެންޑް ކުރަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނިންމައިފިއެވެ.

ފީފާއިން އަޙްމަދު ސަސްޕެންޑް ކުރަން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ އިތުރުން ރިޝްވަތު ދިނުމާއި ރިޝްވަތު ގަބޫލުކުރިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް އަޙްމަދު މަސައްކަތް ކުރެއްވިކަން ފީފާއިން ހިންގި ތަހުގީގަށް ސާބިތުވި ކަމަށެވެ. އެގޮތުން އުމްރާގެ އަޅުކަމަށް ސީއޭއެފްއިން މާލީގޮތުން ކުރަން ޖެހޭ ކަންތައްތަކަކަށް މަކަރު ހެދުމާއި، ކުޅިވަރު ކުޅުމަށް ބޭނުންކުރާ ސާމާނުތަކެއް ހޯދުމަށް ނުހައްގުން ބަޔަކަށް މަގާމުގެ ބޭނުންކޮށްގެން ބިޑް ކާމިޔާބުކޮށްދިނުމަށްވެސް އަޙްމަދު މަސައްކަތް ކުރެއްވި ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުޓްބޯޅައިގެ ހަރަކާތްތަކުން ފަސް އަހަރަށް އަޙްމަދު ސަސްޕެންޑް ކުރިއިރު، އޭނާ ވަނީ ދެ ލައްކަ ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ. އެކަމަކު މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި އަޙްމަދަށް އިސްތިއުނާފު ކުރެވޭނެއެވެ.

އަޙްމަދު ސީއޭއެފްގެ ރައީސްގެ މަގާމާ ހަވާލުވީ 2017 ވަނަ އަހަރުގައެވެ. އަދި އަންނަ އަހަރުގެ މާޗު މަހު ސީއޭއެފްގެ އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މީގެ ކުރިން މަޑަގަސްކަރަ އެފްއޭގެ ރައީސްގެ މަގާމުވެސް އަދާކުރެއްވި އަޙްމަދު ވަނީ ދެވަނަ ދައުރަކަށް ސީއޭއެފްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށްވެސް ނިންމަވާފައެވެ.

އުމުރުން 60 އަހަރުގެ އަޙުމަދަކީ ފީފާގެ ނައިބު ރައީސެއްގެ މަގާމުގައިވެސް ހުރި ބޭފުޅެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް