ކ. މާލެ
|
24 ނޮވެންބަރ 2020 | އަންގާރަ 12:23
ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
ތުރާކުނު ޓާފް ދަނޑުގެ މަސައްކަތް
ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ހަވާލުކޮށްފި
 
މި މަސައްކަތް ހަވާލުކޮށްފައިވަނީ 1،393،900 ރުފިޔާއަށް
 
މި މަސައްކަތް ހަވާލުކޮށްފައިވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ

ހއ. ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.

ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ހަވާލުކޮށްފައިވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެވެ. ހޯމަ ދުވަހު ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއެވެ. އަދި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝައުޔާއެވެ.

ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 1،393،900 (އެއް މިލިޔަން ތިން ލައްކަ ނުވަދިހަ ތިންހާސް ނުވަސަތޭކަ) ރުފިޔާއަށެވެ. އަދި މި މަސައްކަތް ހަވާލުކުރެވިފައިވަނީ މަސައްކަތް ފަށާތާ 18 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ.

ތުރާކުނު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ހަވާލުކުރިއިރު، ހޯރަފުށީ ދާއިރާގައި ހިމެނޭ ތުރާކުނު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހޯއްދެވުމަށް އެ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު މެންބަރު ސަލީމް ވިދާޅުވީ ތުރާކުނުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ޓާފް ދަނޑަކީ އެރަށުގެ ޒުވާނުންގެ އުންމީދާ ވަރަށް ބޮޑަށް ގުޅިފައިވާ މަސައްކަތެއް ކަމަށާއި، ތުރާކުނަށް ރަނގަޅު ފެންވަރުގެ ދަނޑެއް ލިބުން ވެގެންދާނީ މިހާރުވެސް ހުނަރުވެރި ކުދިންތަކެއް ތިބި ތުރާކުނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށެވެ. އަދި ދަނޑުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް ހަތް ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ. އަދި އަންނަ އަހަރު ނިމޭއިރު އިތުރު 20 ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެޗެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް