އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
މީ ލޯތްބަކީ

 އޮލިމްޕަސް ހުންނަ މަގު ހަދާތީ "މީލޯތްބަކީ" ދެއްކުން މެދުކަނޑާލައިފި

  • ދެން އަޅުވާނީ އަންނަ މެއިމަހުގެ ފުރަތަމަ ހަފްތާގައި

ކ. މާލެ | 24 އޭޕްރިލް 2017 | ހޯމަ 19:13 | 4,830

މީ ލޯތްބަކީގެ ޕޯސްޓަރެއް - ފޭސްބުކް

އެޕްރީލް މަހުގެ 5 ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކޮށްފައިވާ "މީ ލޯތްބަކީ"  ދެން އަޅުވާނީ އަންނަ މެއިމަހުގެ ފުރަތަމަ ހަފްތާގައި ކަމަށް ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނެފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ)  ރާއްޖެ އެމްވީއަށް ބުނީ ފިލްމު އެޅުވުން މެދު ކަނޑާލީ މިހާރު މަޖީދީ މަގު އަލުން ހެދުމުގެ މަޝްރޫއުގެ ދަށުން އޮލިމްޕަސް ހުންނަ ސަރަހައްދު ހަދަމުން ގެންދާތީ އޮލިމްޕަހަށް ވަދެ ނުކުމެ އުޅެން ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ.

އެގޮތުން މިމަހުގެ 21 އިން ފެށިގެން ފިލްމު މެދުކަނޑާލާފައިވާ ކަމަށް މޮގާ ބުންޏެވެ. އަދި މިއަންނަ މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހާ ހަމައަށް ފިލްމު ދައްކާނެ ކަމަށް ވެސް މޮގާ ވަނީ ބުނެފައެވެ.

މި ފިލްމަކީ  މިއަހަރުގެ މިހާތަނަށް އޮލިމްޕަހުގައި އެންމެ ގިނަ ހައުސްފުލް ޝޯތަކެއް އަޅުވާފައިވާ އެއް ފިލްމެވެ. މިހާތަނަށް އެ ފިލްމުގެ ދައްކާފައިވާ 17 ޝޯގެ ތެރެއިން 15 ޝޯ ވަނީ ހައުސްފުލްވެފައި ކަމަށް މޮގާ ބުންޏެވެ.

"މީ ލޯތްބަކީ" ގައި މަޝްހޫރު ގިނަ ފަންނާނުންތަކެއް ފެނިގެންދާއިރު ލީޑް ރޯލުން ފެނިގެންދާނީ ޖުމައްޔިލް އަދި އައްޒަ އެވެ. ޑާކް ރެއިންގެ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވާ ފިލްމަކީ "ވާށޭ މަށާއެކީ" އެވެ. "މީ ލޯތްބަކީ" އަކީ މިއަހަރު މިހާތަނަށް އޮލިމްޕަހުގައި އަޅުވާ ތިންވަނަ ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.