ކ. މާލެ
|
22 ނޮވެންބަރ 2020 | އާދީއްތަ 15:48
އޭވީސީގެ ޑިވެލޮޕްމެންޓް އެންޑް މާކެޓިންގ ކޮމިޓީގެ މެންބަރަކަށް އައްޔަންކުރި ވީއޭއެމުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް
އޭވީސީގެ ޑިވެލޮޕްމެންޓް އެންޑް މާކެޓިންގ ކޮމިޓީގެ މެންބަރަކަށް އައްޔަންކުރި ވީއޭއެމުގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް
މިހާރު
އޭވީސީގެ ކޮމިޓީއަކަށް ލަތީފް
އޭވީސީގެ ޑިވެލޮޕްމެންޓް އެންޑް މާކެޓިންގ ކޮމިޓީގެ މެންބަރަކަށް ލަތީފް
 
ލަތީފް ވަނީ ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށްވެސް އިންތިޚާބުކޮށްފައި
 
އޭވީސީގެ ޑިވެލޮޕްމެންޓް އެންޑް މާކެޓިންގ ކޮމިޓީއަކީ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކޮމިޓީއެއް
 
އެ ކޮމިޓީއަށް ލަތީފް އައްޔަންކުރީ މިި މަހުގެ ނުވަވަނަ ދުވަހު ބޭއްވި އޭވީސީގެ ބޯޑް އޮފް އެޑްމިނިސްޓްރޭޝަނުގެ ބައްދަލުވުމުގައި

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ޑިވެލޮޕްމެންޓް އެންޑް މާކެޓިންގ ކޮމިޓީގެ މެންބަރަކަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބީ ރައީސް މުޙައްމަދު ލަތީފް އައްޔަންކޮށްފިއެވެ.

އެ ކޮމިޓީއަށް ލަތީފް އައްޔަންކުރީ މިި މަހުގެ ނުވަވަނަ ދުވަހު ބޭއްވި އޭވީސީގެ ބޯޑް އޮފް އެޑްމިނިސްޓްރޭޝަނުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. މި މަގާމަށް އައްޔަންކުރެއްވުމާއެކު 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކޮމިޓީގެ މެމްބަރުކަން ލަތީފް ފުރުއްވާނެއެވެ.

"ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އޭވީސީ ބޯޑުގައިވެސް ހިމެނިވަޑައިގަންނަވާ ލަތީފް ވިދާޅުވީ އެ ކޮމިޓީއަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް ހޮވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން އޭވީސީގެ ޑިވެލޮޕްމެންޓް އެންޑް މާކެޓިންގ ކޮމިޓީއަކީ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކޮމިޓީއެއް ކަމަށާއި، އޭގެ ތެރޭގައި އޭޝިއާގެ ހުރިހާ ސެމިނާތައް ހިންގުމާއި، ޑިވެލޮޕްމެންޓް ޕްލޭން ހެދުމުގެ އިތުރުން މާކެޓިންގެ ހުރިހާ ކަމެއްވެސް ބަލަހައްޓާނީ އެ ކޮމިޓީން ކަމަށް ވިދާޅުވިއެވެ.

ލަތީފް އިތުރަށް ވިދާޅުވީ އެ ކޮމިޓީގައި އޭނާ އިނުމުގެ ސަބަބުން ކުރީބައިގައި އެ ހުރިހާ މައުލޫމާތެއް ރާއްޖެއަށް ލިބޭއިރު، ޑިވެލޮޕްމެންޓުގެ ބައެއް ސެމިނާތައް ރާއްޖެއަށް ގެނައުމުގެ ފުރުސަތުވެސް ލިބިގެންދާ ކަމަށެވެ. އެހެންކަމުން އެ ކަމުގެ ބޮޑެތި ފައިދާތަކެއް ރާއްޖެއަށް ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

އޭވީސީގެ ޑިވެލޮޕްމެންޓް އެންޑް މާކެޓިންގ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި އޭވީސީގެ ހިންގާ ކޮމިޓީ އާއި ބޯޑު އޮފް އެޑްމިނިސްޓްރޭޝަނާއެކު މާކެޓިންގެ މަސައްކަތްތައް ކުރުމާއި، "ވޯލްޑް ވިޝަން 2008" އާ އެއްގޮތަށް ވޮލީބޯޅައިގެ މާކެޓިންނާ ގުޅޭ ގޮތްތައް ހޯދައި ހަރުދަނާކުރާނެ ގޮތަކާއި، ގައުމީ ވޮލީބޯޅަ ފެޑެރޭޝަންތަކާ ގުޅިގެން ޕްރޮމޯޝަން ހަރަކާތްތައް ބާއްވާ ފުޅާކުރުން ހިމެނެއެވެ.

އަދި ޑިވެލޮޕްމެންޓާއި މާކެޓިންނާ ގުޅޭ ސެމިނާތަކާއި ކޯސްތައް ހިންގުމުގައި އެހީތެރިވުމާއި، އޭވީސީގެ ރައީސް އާއި އެގްޒެކުޓިވް ޑިރެކްޓަރާ ގުޅިގެން އޭވީސީއަށް ސްޕޮންސަރުން ހޯދުމުގައި އެހީތެރިވުން ހިމެނެއެވެ.

އޭވީސީގެ ޑިވެލޮޕްމެންޓް އެންޑް މާކެޓިންގ ކޮމިޓީގެ މެންބަރަކަށް ލަތީފް އައްޔަނުކުރެއްވިއިރު، ދާދި ފަހުން އޭނާ ވަނީ ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށްވެސް އިންތިޚާބުކޮށްފައެވެ.

ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަން ތަމްސީލުކުރަނީ ދެކުނު އޭޝިއާގެ އަށް ގައުމު ކަމަށްވާ ރާއްޖެ، ބަންގްލަދޭޝް، އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި އަފްޣާނިސްތާންގެ އިތުރުން ސެންޓަރަލް އޭޝިއާގެ ފަސް ގައުމު ކަމަށްވާ ކަޒަކިސްތާން، ކިރްގިސްތާން، ތަޖަކިސްތާން، ތުރުކުމެނިސްތާން އަދި އުޒްބެކިސްތާނެވެ. މީގެ އިތުރުން ދެން ހިމެނެނީ އީރާނެވެ. 1993 ވަނަ އަހަރު އުފެދުނު ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގައި ޖުމްލަ 14 ގައުމު ހިމެނޭއިރު، ކުރިއަށް އޮތް ދައުރަށް އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ލަތީފް އިންތިޚާބުކުރީ ވޯޓުގައި ބައިވެރިވި 13 ގައުމުގެ ތެރެއިން 12 ގައުމުގެ ވޯޓާއެކުއެވެ.

އޭވީސީގެ ބޯޑު މެންބަރުގެ މަގާމާއި، ޑިވެލޮޕްމެންޓް އެންޑް މާކެޓިންގ ކޮމިޓީގެ މެންބަރުކަމުގެ އިތުރުން ސެންޓްރަލް އޭޝިއާ ޒޯނަލް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސްކަން ކާމިޔާބުކުރެއްވި ލަތީފުގެ ހިންގާ ކޮމިޓީ ވީއޭއެމުގެ މަސައްކަތުން ދުރުކޮށްފައިވާއިރު، އެސޯސިއޭޝަނުގެ ކަންކަން މިހާރު ހިންގަމުން ގެންދަނީ އިންޓަރިމް ކޮމިޓީއަކުންނެވެ. އަދި ލަތީފުގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
67%
0%
33%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު