އާދީއްތަ 17 ޖެނުއަރީ 2021
12 އުތުރަހަޅަ
1442 ޖުމާދުލް އާހިރަތު 03
ފަތިސް 05:01
އިރުއަރާ 06:17
މެންދުރު 12:20
އަސްރު 15:40
އިރުއޮއްސޭ 18:15
އިޝާ 19:31
ބޮލީވުޑް

ބޮލީވުޑް ތަރިންގެ ޕެރަޑައިސްއަށް ރާއްޖެ!

  • ތަރިން ވަނީ އިންސްޓަގްރާމުގައި ރާއްޖެގައި ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފައި
  • ބޯޑަރު ހުޅުވާލީ ޖުލައި މަހު

ކ. މާލެ | 22 ނޮވެންބަރ 2020 | އާދީއްތަ 00:33 | 5,534

ވަރުން ދަވަން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ - ހިންދުސްތާނީ ޓައިމްސް

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން ބުރަކޮށް މަސައްކަތް ކުރަމުްނދިޔަ ބޮލީވުޑްގެ ތަރިންގެ މަސައްކަތްތައް ވެސް ހުއްޓި ގިނަދުވަސް ތަކެއް ވަންދެން ގޭގައި ތިބެން ޖެހިފައިވެއެވެ.

ނަމަވެސް ނިއު ނޯމަލްގައި މަޑުޖައްސާލާފައިވާ ފިލްމްތަކުގެ ފިލްމްތަކަކުގެ ޝޫޓިންތައް ބައެއްތަރިން އަލުން ފަށާފައިވާއިރު އަނެއްބައި ތަރިން ދަނީ ޗުއްޓީ ހޭދަ ކުރުމަށް އެކި ގައުމުތަކަށް ދަތުރުކުރުމުންނެވެ.

އެގޮތުން ބޮލީވުޑްގެ ތަރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށް ވެގެން ގޮސްފައިވަނީ ދިވެހި ރާއްޖެއެވެ.

ކޮވިޑް-19 އަށް ފަހު މިދިޔަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ބޮލީވުޑްގެ ގިނަ ތަރިންގެ ތަކެއް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. އަދި ރާއްޖޭގެ ރީތި ގޮނދުދޮށްތަކާއި މޫދުގައި ނަގާފައިވާ ފޮޓޯތައް އެތަރިން ދަނީ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.

ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ވަރުން ދަވަން ހިމެނެއެވެ.ރިޕޯޓްތައް ބުނާގޮތުން ވަރުން، 33, ޗުއްޓީ ހޭދަކޮށްފައިވަނީ ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ސޮނެވާ ފުށީގައެވެ.

އިންސްޓަގްރާމްގައި 32.6 މިލިއަން ފޮލޯ ކުރާ ވަރުން ވަނީ ފަހަތުން މޫދު ފެންނަ ހިތްގައިމު ވިއުއެއްގައި ޕޫލްގައި ހުސްގަޔާހުރެ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. ފޮޓޯގެ ކެޕްޝަންގައި ވަރުން ވަނީ މާޝަލް އާޓްސް ލެޖެންޑް ބްރޫސް ލީ ގެ ކޯޓެއް ކަމަށްވާ "ބީ ލައިކް ވޯޓަރ މޭކިން އިޓްސް ވޭތްރޫ ކްރެކްސް" ލިޔެފައެވެ.

މީގެ އިތުރުން އޭނާ އާއި އެކު "ޖުޅުވާ 2" އިން ފެނިގެންދިޔަ އެއް ބަތަލާ ތާޕްސީ ޕަންނޫވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ބޮލީވުޑްގައި މިވަގުތު ތިބި އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ޓައިގާ ޝްރޮފް ވެސް ވަނީ އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ދިޝާ ޕަޓާނީ އާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ޓައިގާ ރާއްޖެއައުމަށް ފަހު އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯގައި ފެނިގެންދަނީ ޓީއެމްއޭގެ ސީޕްލޭންއެއްގެ ކައިރީގައި ހުސްގަޔާ ހުއްތިލައިގެން ހުއްޓައެވެ.

އަދި މޫދުގައި ނަގާފައިވާ ފޮޓޯތައްވެސް ޓައިގާ އާއި ދިޝާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

މީގެ އިތުރުން ނޭހާ ދޫޕިއާ އާއި އޭނާގެ ފިރިމީހާ އަންގަދް ބޭދީ އަދި ދަރިފުޅުވެސް ވަނީ ދާދިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

ސްޓޫޑެންޓް އޮފް ދައިޔާ 2 ގައި ފެނިގެން ދިޔަ ޒުވާން ތަރި ތާރާ ސުތޭރިއާ ވެސް ވަނީ އޭނާގެ 25 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފައެވެ.

ތާރާ ވަނީ އޭނާ އިންސްޓަގްރާމްުގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް ހިއްސާކޮށްފައެވެ.

މީގެ ކުރިން ވެސް އެތައް ފަހަރަކު ރާއްޖެ އައިސްފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކެއިފްވެސް ވަނީ ރާއްޖެ އައިސްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ކެޓްރީނާ ދާދި ފަހުން ރާއްޖެ އައިސްފައިވަނީ ފޮޓޯޝޫޓަކަށެވެ.

އޭނާ ވަނީ އިންސްޓަގްރާމްުގައި ރާއްޖޭގައި ހޭދަކުރި ފަސް ދުވަހު ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ.

ރަކުލް ޕްރީތްވެސް ވަނީ އޭނާގެ އާއިލާ އާއި އެކު ލަކްސް މޯލްޑިވްސް ގައި ޗުއްޓީ ހޭދަކޮށްފައެވެ.

މީގެ އިތުރުންވެސް އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ތަރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން | ރިވިއު ކުރީ: ރިޒުނާ ޒަރީރު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.