ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ރާއްޖެ އަންނަ ރަޝިއާ ފަތުރުވެރިން

ޑިމާންޑް އުފުލި ރަޝިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ!

  • އެއޮރޮފްލޯޓް އިން ހަފްތާއަކު ހަތަރު ފްލައިޓް އިން ހަތް ފްލައިޓް އަށް ދަތުރުތައް އިތުރުކުރަނީ
  • ނޮވެމްބަރ 28 ވަނަ ދުވަހު އަޒުރު އެއަރލައިން އިން ރާއްޖެ އަށް ދަތުރުތައް ފަށާނެ
  • ނޮވެމްބަރ 29 ވަނަ ދުވަހު ރޮޝިއަން އެއަރލައިން އިން ރާއްޖެއަށް ދަތުރުތައް ފަށާނެ

ކ. މާލެ | 21 ނޮވެންބަރ 2020 | ހޮނިހިރު 13:49 | 6,979

ރަޝިއާގެ އެއޮރޮފްލޯޓް ފްލައިޓެއް ވީއައިއޭ ގައި - ފްލިކަރ

ރާއްޖެ އަންނަ ރަޝިއާގެ ފަތުރުވެރިންގެ ޑިމާންޑް އުފުލި ރަޝިއާ އިން ރާއްޖެއަށް ކުރަ ދަތުރުތައް އިތުރުކަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޓަރމިނަލް އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރ، އިބްރާހިމް ހުސެއިން ވިދާޅުވީ، ރަޝިއާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޑިމާންޑް އުފުލުމުގެ ސަބަބުން އެ ގައުމުގެ އެއޮރޮފްލޯޓް އިން ރާއްޖެއަށް ހަފްތާ އަކު ހަތަރު ފްލައިޓް ދަތުރު ކުރަމުން އައި އައުން ހަފްތާ އަކު ހަތް ފްލައިޓަށް އިތުރު ކުރަން އެއަރލައިނުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މި މަހުގެ ބާކީ އޮތް ދުވަސްތަކުގައި ރަޝިއާގެ އިތުރު ދެ އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވާކަން އިބްރާހިމް ފާހަގަކުރައްވާފައިވާއިރު، އަޒުރު އެއަރލައިން އަދި ރޮޝިއަން އެއަރލައިން އެވެ.

އިބްރާހިމް ވިދާޅުވީ، އަޒުރް އެއަރލައިނުން ނޮވެމްބަރ 28 ވަނަ ދުވަހު ރާއްޖެއަށް ދަތުރުތައް ފާށާނެ ކަމަށާއި މި އެއަރލައިންގެ ފްލައިޓްތައް ހަފްތާއަކު އެއް ދުވަހު ރާއްޖެއަށް ދަތުރުތައް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް، ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިނުން ރާއްޖެއަށް ކުރަ ދަތުރުތައް ހަފްތާއަކު ތިން ދަތުރަށް އިތުރުވެގެން ދާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ރޮޝިއާ އެއަރލައިންގެ ދަތުރުތައް ނޮވެމްބަރ 29 ވަނަ ދުވަހު ރާއްޖެއަށް ފަށާއިރު، ދުވާލަކު ދެ ފްލައިޓް ދަތުރުކުރާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ތިން މަސްދުވަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާފައިވާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ އިންނެވެ. އެގޮތުން ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާގެ 12,961 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންގެ 21.9 އިންސައްތައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.