ކ. މާލެ
|
21 ނޮވެންބަރ 2020 | ހޮނިހިރު 13:54
ކޮވިޑުގެ މި ޙާލަތުގައި ކުޑަކުދިންނަށްވެސް އެކި ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިވާކަމަށް ޑރ ނަޒްލާ ވިދާޅުވި
ކޮވިޑުގެ މި ޙާލަތުގައި ކުޑަކުދިންނަށްވެސް އެކި ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިވާކަމަށް ޑރ ނަޒްލާ ވިދާޅުވި
ޝުއައިބް މުހައްމަދު އިގްބާލް
ކޮވިޑް-19 އާ ކުޑަކުދިން
މި ޙާލަތުގައި ކުޑަކުދިންގެ ސްކްރީން ޓައިމް މަދުކޮށް، ޙަރަކާތްތެރި ކުރުވަން އިސްކަންދެއްވާ: ޑރ. ނަޒްލާ
 
ބަލީގެ ވާހަކަ އަބަދު އިވުމުގެ ނަތީޖާއެއްގެ ގޮތުން ނަފްސާނީ ގޮތުންވެސް ކުދިންނަށް އަސަރު ކުރުވާ
 
ތައުލީމީ އަދި އިޖުތިމާއީ ހުނަރުތައް ކުރިއެރުވުމަށްވެސް ހުރަސްތަކެއް އެޅިގެންދޭ
 
މި ޙާލަތުގައި ކުޑަކުދިންނަށްވެސް އެކި ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިވޭ

ކޮވިޑުގެ ސަބަބުން އާންމު ދިރިއުޅުމަށް ނުހަނު ބޮޑަށް އަސަރު ކޮށްފައިވާ މި ޙާލަތުގައި ކުޑަކުދިންގެ "ސްކްރީން ޓައިމް" ވީހާވެސް ކުޑަކޮށް، ޙަރަކާތްތެރިވެ އުޅެވޭނެ މާހައުލެއް ބެލެނިވެރިން ވެސް ފަހި ކޮށްދިނުމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން އެދިއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވަނީ ކޮވިޑުގެ މި ޙާލަތުގައި ކުޑަކުދިންނަށް ވެސް އެކި ގޮތްގޮތުން ގޮންޖެހުންތަކާ ކުރިމަތިވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އަލަށް ސުކޫލަށް ދާން ފެށި ކުދިން ގޭގައި މަޑު ކުރަން ޖެހުމާއި، އެކަމުގެ ސަބަބުން ތައުލީމީ އަދި އިޖުތިމާއީ ހުނަރުތައް ކުރިއެރުވުމަށް ވެސް ހުރަސްތަކެއް އެޅިގެންދާކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމާއި، ބަލީގެ ވާހަކަ އަބަދު އިވުމުގެ ނަތީޖާއެއްގެ ގޮތުން ނަފްސާނީ ގޮތުން ވެސް ކުދިންނަށް އަސަރު ކުރުވާ ކަމަށެވެ. އަދި އެކަމުން އަރައިގަތުމަށްޓައި އިލެކްޓްރޯނިކް ވަސީލަތްތަކާ ވީހާ ވެސް ދުރުކޮށް، ކުދިންގެ ސްކްރީން ޓައިމް ކުޑަކުރުމުގެ އިތުރުން ޙަރަކާތްތެރިވެ އުޅެވޭނެ މާހައުލެއް ޤާއިމު ކޮށްދިނުމުގެ މުހިއްމުކަން ޑރ ނަޒްލާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ކުދިން ޙަރަކާތްތެރި ކުރުވާ، ސްކްރީން ކުރިމަތީގައި ހޭދަކުރާ ވަގުތު ކުޑަކުރަން މަސައްކަތް ކުރަންޖެހޭ، އަދި ކުދިން ސުކޫލަށް ނުދިޔަ ކަމުގައިވީނަމަވެސް ޚާއްސަ ރޫޓިން އެއް ގޭގައި ކަނޑައަޅައިގެން ކުރިއަށް ގެންދެވިދާނެ، އޭރުން އެކުދިންނަށް ނަފްސާނީ ގޮތުން ވެސް ރަނގަޅުވަމުން ދާނެކަން ފާހަގަ ކުރަން،
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ސިއްޙީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއާއި، ކުޑަކުދިންނާ ގުޅުންހުރި އެކި މުއައްސަސާތަކުން ވެސް މި ޙާލަތުގައި އެ ކުދިންނަށް ބަލީގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަތުމާއި، އެކަމުން އަރައިގަތުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 12،546 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި 10 އަހަރުން ދަށުގެ 1009 ކުދިން ހިމެނެއެވެ. އަދި 11 އަހަރާއި 20 އަހަރާ ދެމެދުގެ އުމުރުފުރާއިން ޕޮޒިޓިވްވި އަދަދަކީ 927 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް